ޖޯޖިއޯ އަރްމާނީ އަކީ ވަރަށް ފާހަގަ ކޮށްލެވޭ ބްރޭންޑެކެވެ. މި ބްރޭންޑުގެ ސެންޓަށް ލޯބި ކުރާ މީހުން ދިވެހިންގެ ތެރޭގައި އުޅޭއިރު، މިފަހަރު ދައްކަން މިއުޅެނީ މި ބްރޭންޑްގެ ވަރަށް ހިތްގައިމު އަންހެން ސެންޓު ފުޅިއެއްގެ ވާހަކައެވެ.

"މައި ވޭ" މިހެން ބުނުމުން މީ ކޮން ސެންޓެއްކަން އޮޅޭނެހެނެއް ހިޔެއް ނުވެއެވެ.
އަންހެން ކަނބަލުން ކައިރީ އެންމެ ކަމުދާ ސެންޓުތަކުގެ ލިސްޓް އެއް ކިޔާލަން ބުނެފިއްޔާ ވެސް މި ސެންޓަކީ ހަމަ ގައިމު ވެސް އެލިސްޓުން ޖާގަ ލިބޭނެ ސެންޓެކެވެ.

މިއީ ކަނބަލުންގެ ފޭވަރިޓް އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

2020 ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް ނެރުނު ޖޯޖިއޯ އަރްމާނީގެ މައި ވޭ އަކީ ދުނިޔޭގެ ބާޒާރަށް ބެލިކަމުގައި ވިޔަސް ވަރަށް ފާހަގަ ކޮށްލެވޭ ސެންޓެކެވެ. މި ސެންޓަކީ ފްލޯރަލް / މަަމެލާމެލީގެ ވަހެއް ހުންނަ ސެންޓެކެވެ. މިސެންޓު މިހާރު އިންޓެންސް އެމްވީއިން ލިބެން އެބަހުރިއެވެ.

މި ސެންޓަކީ ވަރަށް ގިނައިރު ވަސް ހިފަހައްޓާލަދީ، އެތައް ބައެއްގެ ހިތްތައް ދަމައިގަންނަވަރުގެ ޖާދުވީ ވަހެއް އެކުލެވިގެންވާ ސެންޓެކެވެ. މީގެ ޓޮޕް ނޯޓްސްގެ ތެރޭގައި އޮރެންޖް ބްލޮސަމް، ބަރގަމޮޓް ހިމެނެއެވެ.

މީގެ މިޑިލް ނޯޓްސްގެ ތެރޭގައި ޓިއުބަރ ރޯސް އަދި އިންޑިއަން ޖޭސްމިން ހިމެނޭއިރު ބޭސް ނޯޓުގައި ހިމެނެނީ މަޑަގަސްކަރ ވެނީލާ، ވައިޓް މަސްކް އަދި ވަރޖީނިއަން ސެޑަރއެވެ.

މީރުވަސް ދުވާ މި ސެންޓު ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުން ކުރެވިދާނެ އެވެ. ޕާޓީއަކަށް ނުވަތަ ހަފުލާއަކަށްވިޔަސް މި ސެންޓް ބޭނުންކޮށްލެވިދާނެއެވެ. އަދި ރައްޓެއްސަކަށް ނުވަތަ ލޯބިވެރިޔާއަށް ހަދިޔާކޮށްލަންވެސް މިއީ ހަމަ ދެވަނައެއް ނެތް މޮޅު ސެންޓެކެވެ.

އިންޓެންސް އެމްވީ އިން ވިއްކާ މައިވޭ ސެންޓު

ޖޯޖިއޯ އަރްމާނީ މައި ވޭގެ 90 އެމްއެލް ފުޅިއެއް އިންޓެންސް އެމްވީއިން ވިއްކަނީ 2200 ރުފިޔާއަށެވެ. މިއީ ބާޒާރުގައި މި ސެންޓު ހުރި އަގުތަކާއި ބަލާއިރު ވަރަށް ހެޔޮ އަގެކެވެ.

ފޭސްބުކާއި އިންސްޓަގްރާމުގައި ހިންގާ އިންޓެންސް އެމްވީއަކީ ކޮލިޓީ ރަނގަޅު އޮރިޖިނަލް ސެންޓު ރާއްޖެ އެތެރެކޮށް ވިއްކާ ޕޭޖެކެވެ. ދެ ޖިންސަށްވެސް ހާއްސަކޮށް ސެންޓު އެ ޕޭޖް މެދުވެރިކޮށް ލިބެން ހުންނައިރު، އެ ޕޭޖުން ވިއްކާ ސެންޓަކީ އޮރިޖިނަލް ސެންޓު ކަމުގެ 100 އިންސައްތަ ޔަގީންކަން އެ ޕޭޖުން ދެއެވެ.

އިންޓެންސް އެމްވީ ފޭސްބުކް ޕޭޖް އަދި އިންސްޓަރގްރާމް ލިންކަށް ފޮލޯ ކޮށްލައިގެން ބޭނުންވާ ސެންޓު ހުރިތޯ ބަލާލެވޭނެއެވެ.

އިންޓެންސް އެމްވީން ސެންޓު ގަންނަން ބޭނުންވާ މީހުންނަށް އެ ޕޭޖަށް ޑީއެމް ކޮށްގެން ނުވަތަ 7730055 އަށް ގުޅައިގެން ވެސް އޯޑަރު ކުރެވޭނެއެވެ. އެ ޕޭޖުން އޮޑަރު ކުރާ ސެންޓު މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.