ރާއްޖޭގައި އަލަށް އުފަންވާ ކުދިންނަށް ގިފްޓް ހެމްޕާއެއް ދޭ ޕްރޮމޮޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

"ފަހުރުވެރި އާއިލާ" ގެ ނަމުގައި އެސްޓީއޯއިން ފެށި މި ޕްރޮމޯޝަންގައި ހަދިޔާ ދެނީ ޓްރީޓޮޕް ހޮސްޕިޓަލަށް އުފަންވާ ކުދިންނަށް ކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ.

އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ދޭ ހަދިޔާ ފޮށިގައި އަލަށް އުފަންވާ ކުއްޖާގެ އިތުރުން ކުއްޖާގެ މަންމައަށް ވެސް ބޭނުންވާ ސާމާނު ހިމެނެއެވެ.

އޭގެ ތެރޭގައި އެސްޓީއޯއިން ވިއްކާ ކުޑަކުދިންންނަށް ހާއްސަ އުފެއްދުންތައް ވެސް ހިމެނެއެވެ. މީގެ ތެރޭގައި ހަގީސް ބްރޭންޑުގެ ނެޕީ އާއި ވޮންޑަ ޕޭންޓްސްގެ އިތުރުން ޕިއުރިޓި ބްރޭންޑުގެ ލޯޝަނާއި ޝޭމްޕޫގެ އިތުރުން ފެންވަރުވާ ސާމާނު ވެސް މި ހަދިޔާ ފޮށީގައި ހުންނާނެއެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގެ އިތުރުން ދިވެހިންގެ މެދުގައި ވެސް ފަހަކަށް އައިސް މަގުބޫލުކަމެއް ލިބިފައިވާ ބްރޭންޑުތަކުގެ އުފެއްދުންތައްކަން އެސްޓީއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑާ ޕޭންޓްސް އަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު އަދި ކުޑަކުދިންގެ ހަންގަނޑަށް އަރާމް ލިއްބައިދޭ މޮޅު ނެޕީއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏނ

    ތިވެސް ތި ދެނީ މުއްސަދިންނަށް ޓާގެޓް ކޮށް ޓްރީ ޓޮޕަށް ނުދާނެ ނިކަމެތި ރައްޔިތަކު...

  2. ާޒާ

    އެސްޓީއޯއިން އަލަށް ކުދިން ވިހަންފެށުމަކީ ވަރަށްބޮޑު ކުރިއެރުމެއް.

    4
    1
  3. ފަގާރު

    މުއްސަދިންނަށް ޓާގެޓް ކުރުމަކީ ވަރަށް ދަށު ދަރަޖާގެ އަމަލެއް