"މެޖިކް ޕެކް" ގެ ނަމުގައި އުރީދޫއިން ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕެކޭޖެއް ތަޢާރަފް ކޮށްފިއެވެ. "މެޖިކް އަންލިމިޓެޑް" އަދި "މެޖިކް ޑޭޓާ" އެ ކުންފުނިން ތަޢާރަފްކޮށްފައި ވަނީ މިއަދުއެވެ.

މެޖިކް އަންލިމިޓެޑް އެކްޓިވޭޓް ކުރުމުން 30 ދުވަހުގެ މުއްދަތަށް 102 ރުފިޔާއަށް އުރީދޫ ނެޓްވޯކް ތެރޭގައި އެއްވެސް އިތުރު ޗާޖަކާއި ނުލައި ގުޅޭނެއެވެ. 102 ޖެހުމަށް ފަހު 1111 އަށް މެސެޖެއް ކުރުމުން މި ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ.

މެޖިކް ޑޭޓާ މެދުވެރިކޮށް އުރީދޫގެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދެޖީބީގެ ޑޭޓާ އަދި ޓްވިޓާއަށް ވަނުމަށް އަންލިމިޓެޑް ޑާޓާ ލިބުމުގެ އިތުރުން، ސަތޭކަ ޕަސެންޓް ބޯނަސް ޑޭޓާ ލިބުމުގެ ފުރުސަތު އޮންނާނެއެވެ. މި ޕެކޭޖް ނެގުމުގެ ކުރިން *200*202# އަށް ގުޅުމުން ލިބޭނެ ބޯނަސް ޑޭޓާގެ މިންވަރު ބެލޭނެ އެވެ.

މި ޕެކޭޖުތަކުގެ ދަށުން ނަގާ ޑޭޓާ ލިމިޓަށް ވުރެ އިތުރަށް ބޭނުން ކުރާ ކޮންމެ އެމްބީ އަކަށް 0.15 ލާރި ޗާޖު ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެޔޮއެދޭ ޒުވާނާ

    އުރީދޫ ވަރެއްނެތް....

  2. 21 މާރޗް ގަ ހަމަ ވަންނާ ކީއްކުރަން މާމޮޅަށް އިސްތިހާރު ކުރަންވީ.. ހެޔޮ ތި ނުލިބުނަސް. ރަނގަޅު އެއްވެސް ނެޓްވޯކެތް ނެތް