ނ.އެކުޅިވަރު ތަރައްޤީކުރަމުން އައި އީއެންއޭ ހޮޓެލް ހޯލްޑިންގްސް އިން މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަނަށް 29.5 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ނ.އެކުޅިވަރު ތަރައްޤީ ކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ހަވާލުކުރުމުން، އެމްޓީޑީސީން އެކުޅިވަރު ސަބްލީޒް އުސޫލުން އައިއީއެންއޭ ހޮޓެލްސްއާ ހަވާލުކުރީ 180 އެނދުގެ ޓުއަރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށެވެ.

އެމައްސަލާގައި އެމްޓީޑީސީއިން ކޯޓުގައި ދައުވާކުރީ ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ އައިއީއެންއޭ ހޮޓެލްސްގެ ފަރާތުން ހޯދުމަށެވެ. އެމައްސަލަ ބަލައި އިއްޔެ ސިވިލްކޯޓުން ހުކުމްކުރީ ސަބްލީޒް އެގްރީމެންޓްގެ ދަށުން 29.5 މިލިއަންޑޮލަރު އައިއީއެންއޭ ހޮޓެލްސް އިން އެޓީޑީޑީސީއަށް ދެއްކުމްށެވެ.

އެފައިސާ އަކީ އެކުންފުނިން ކޮންޓްރެކްޓް އެވޯޑްގެ ގޮތުގައި ކުރިން ދައްކާފައިވާ 7.8 މިލިއަން ޑޮލަރު އުނިކުރުމުން މިހާރު ދައްކަން ޖެހޭ އަދަދު ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަޝީދާ / ދިއްދޫ

    ތިޔަޑޮލަރުތައް ލިބުނީމަ ހިއްސާދާރުންނަށް އެއްޗެއް ލިބޭނެނަމަ ރަގަޅެވެ. ހިއްސާ ގަނެގެން އުޅޭތާ 9 އަހަރު ވާއިރު އަދި ހަމަ އެކައްޗެއްވެސް ނުލިބޭ ހިއްސާދާރުން މިތިބީ މާޔޫސްކަމެއްގައެވެ.