މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޖަޕާނަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ. ޖަޕާނުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި، މަރުވި މީހުންގެ އަދަދުވަނީ 39 އަށް އަރާފައެވެ.

ރެކްޓަ މިންގަނޑުން 6.7 މެގްނިޓިއުޑުގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަން ކަށަވަރުކުރެވިފައިވާއިރު، އިތުރު ބައެއް މީހުން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ހަމައެހެންމެ، ޖުމުލަ 641 މީހަކަށް، އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާއިރު، ވަގުތީ ހިޔާތަކުގައި 2544 މީހުން ދަނީ ދިރިއުޅެމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން، މަރުވި މީހުންގެ އަދަދު ކުއްލިއަކަށް އެންމެ ގިނަވެފައިވަނީ އެޤައުމުގެ އުތުރުގައި އޮންނަ ރަށެއްކަމުގައިވާ ހޮކައިޑޯ އިންނެވެ. އަދި، އެސަރަޙައްދުން ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާކަމަށް، ރަސްމީ ފަރާތްތަކުން ނެރެފައިވާ މައުލޫމާތުން ހާމަވެއެވެ.

މިނެޓެއް ހާއިރަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން މި ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުންތަކުގެ ސަބަބުން މަގުތައް ހަލާކުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތައް ކުރިމަތިވެފައިވެއެޗެ. ހަމައެހެންމެ، އެކަމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައިވެއެވެ. ހަމައެހެންމެ، ބިންގަނޑުގެ ދަށަށް ގޭގެ ވަދެފައިވެސްވެއެވެ.

މި ކަންތައްތަކުން އަރައިގަނެ، ކާރިސީ ޙާލަތަށް އިޖާބަ ދިނުމަށް، 4000 އެއްހާ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ ބަޔަކީ ޖަޕާނުގެ މަދަނީ ދިފާޢީ އިދާރާގެ ފަރާތްތަކެވެ.

މި ބިންހެލުމުގެ އިތުރުންވެސް، މި ފަހުން ޖަޕާނަށްވަނީ މިފަދަ އިތުރު ގުދުރަތީ ކާރިސާތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، 25 އަހަރުގެ ތެރޭގައި އެޤައުމަށް އެރި އެންމެ ނުރައްކާތެރި ތޫފާންވެސް އަރާފައިވަނީ، މި މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އި

    ޔާﷲ

  2. ބަލަ

    ޖަޕާނު އަންހެން ކުދިން ޖީންސްލާތީ ވާކަމެއް

  3. އައްލޮ

    ޖަޕާން އަށް ރުގުޔާ ކުދިން ފޮނުވަން ފެނޭ

    • ޑޯގް ކިންގް

      މޮޅު ޓެކްނޮލޮޖީއަށްވެސް ބިންހެލުން ނުހުއްޓުވޭ ދޯ؟ ކީއްކުރާ ބަޔެއް؟