ލަންކާގައި ބުދިސްޓުންނާއި މުސްލިމުންނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެގައުމުގައި ސޯޝަލް މީީޑިއާ ބްލޮކް ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެތައް ހާސް ދިވެހިން ދިރިއުޅޭ ލަންކާގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަންއިން އަމުރުކޮށްފައި ވަނީ ތިން ދުވަހުގެ މުއްދަތަކަށް ފޭސްބުކް ވައިބާާ އަދި ވަޓްސްއެޕް ބޮލޮކް ކުރުމަށެވެ.

ލަންކާ ކެބިނެޓްގެ ތަރުޖަމާނު ރަޖީތާ ސެނަރަތުނައާ ހަވާލާދީ ރޮއިޓާސް ބުނީ މި ނިންމުމަކީ މުސްލިމުންނާ ދެކޮޅަށް ހަމަލާ ދިނުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ޕޯސްޓުތައް ދައުރުވަމުންދާތީ ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ލަންކާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން މުސްލިމުންގެ ވިޔަފާރިތަކަށާއި މިސްކިތްތަކަށް ދަނީ ގެއްލުންދެމުންނެވެ. ހަމަނުޖެހުންތަކުގައި މިހާތަނަށް ދެމީހުން ވަނީ މަރުވެފައެވެެ.

މުސްލިމުންނާ ބުދިސްޓުންނާ ދެމެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ މުސްލިމުންގެ ފިހާރަތަކަށާއި މިސްކިތްތަކަށް ހަރުކަށި ބުދިސްޓުން ގެއްލުން ދިނުމުންކަމަށްވެސް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ. އަދި އެކަން ފެށުނީ މިދިޔަ ހަފްތާގެ ތެރޭގައި މުސްލިމް ކައްކާއަކު ސިންހަޅަ މީހުންގެ ކާއެއްޗަށް ބޭސް އެޅިކަމުގެ ތުހުމަތު ކުރެވުނު ހިސާބުން ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

21 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްލީލަންކާ ދިރިއުޅޭ މުސްލިމުންގެ ނިސްބަތް ވަރަށް މަދެވެ. އާބާދީގެ 75 ޕަސެންޓަކީ ބުދިޝްޓުންނެވެ. މުސްލިމުންނަކީ އެންމެ 10 އިންސައްތައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފެންނަގޮތް

    އެހެންވީމަ ރާއްޖެ ރަނގަޅުތާ

  2. ފާތުން

    ބަރާބަރުކަމެއް ތިކުރީ. ރާއްޖެއަކު ނުވާނެ. އެމެރިކާއިން އަންގާނެ އިންޑިޔާއިން އިންޒާރުދޭނެ

  3. ޛޙހ

    މިކަން މިގައުމުގަވެސް ކުރެވުނީސް. ޢެކަމަކު ރައީސްގެ ހެޔޮފުޅުކަމުން މިކަން ނުކުރީ. މިފަދަ ދަނޑިވަޅުތަކުގައި ކުރަން އެނެމެ ރަގަޅުކަމަކީ ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހެދުން. ލަންކާގައި ހިނގާ ކަންކަމާ ގުޅޭގޮތުން ޔޫއެސް އދ އީޔޫ ކޮމަންވެލްތް ދެންވެސް އޮތްހާ ޖަމާއަތަކުން އެކައްޗެއްވެސް ނުބުނޭ ނުވެސް ބުނާނެ. ސަބަބަކީ އެކަމަކީ މުސްލިމުންނާ ދެމެދު ހނގާ ކަމަކަށަވަތީ. މިގައުމުގަ މިހާ ސުލްހަވެރިކޮށް ދާއިރު ޓްރެވެލް ބޭންކޮށް ފާޑުފާޑުގެ ކަންކަން ކުރިމަތި ކުރުވަނީ މިއީ އިސްލާމީ ގައުމަކަށްވާތީ. ޔަހޫދީންގެ އަވާގައި ރަގަޅަށްވެސް މިގައުމުގަ އިދިކޮޅު ބަގަ ޖެހިއްޖެ

  4. ޙުސައިން މ. މުލި

    ރާއްޖޭގާ ހަމަނުޖެހުން ހުއްޓާލަން ކިހާރީތިކޮއް ސަރުކާރުން ކަންތައް އެކުރަނީ

  5. އަބްދުއްލާ

    ކެންޑީގެ ހުރިހާމީހުން ޖަލުގަ އާ ގޭބަންދުގަ މުއްދަތެއްނެތް މަގުމައްޗަށް ނިކުމެއްޖެ ނަމަ ބަޑިޖަހާނެ ކާބޯތަކެތި ހޯދަން ނިކުންނަންޖެހޭ ވަގުތހު އިއުލާން ކުރާނެ ނިކުމެވޭނީ އެގަޑީގަ ފިހާރައިން ހޯދާ އެއްޗެއް ހޯދާފަ އަވަހަށް ގެއަށް ވަންނަން ޖެހޭނެ.

  6. ބުއްޅަބޭ

    އަދިވެސް ބައެއްދިވެހިން ހޭލާކަށް ނުވޭތޯ؟ ބުރުމާއިން ކަހަލަ ގައްދާރުން ލާރިތަޅައިގެން ގައުމު ހަލާކުކުރަން ހަމަ ދޫކޮށްގެން ތިބެންވީތޯ؟!