މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ ސްރީލަންކާގެ ކެންޑީގައި މުއްދަތެއް ނެތްގޮތަށް ކާފިއު އިއުލާންކޮށްފިއެވެ.

ކެންޑީގެ ހާލަތު ބޮޑަށް ގޯސްވީ މިސްކިތަށާއި ފިހާރައަށް ގެއްލުން ދިނުމުން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލަން ބުޑިސްޓު ހާމުދުރުން ނިކުމެ ޕޮލިސް ސްޓޭޝަން ކައިރީގައި ހަމަނުޖެހުން ހިންގަން ފެށުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެންޑީގައި ހަމަނުޖެހުންތައް ހިންގަމުން ގެންދަނީ ހަރުކަށި ބުޑިސްޓުންގެ މައްޗަށް އެކުލެވޭ ޖަމާޢަތެއް ކަމަށްވާ "ބޮޑު ބަލާ ސެނާ" (ބީބީއެސް) އިންނެވެ. މިއީ މީގެ ކުރިން ވެސް ލަންކާގެ މުސްލިމުންނާއި ދެކޮޅަށް ތަފާތު ހަމަލާތައް ދިން ޖަމާޢަތެކެވެ.

މީޑިޔާގެ ރިޕޯޓްތަށް ބުނާގޮތުން މުއްދަތެއް ނެތްގޮތަށް ސްރީލަންކާގެ ކެންޑީގައި ކާފިއުވަނީ އިއުލާނުކޮށްފައެވެ. މީގެ އިތުރުން މުޅި ސުރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މީސްމީޑިޔާ ބޭނުން ކުރުން އެޤައުމުގައިވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަކަހަންގަނޑު

    ޔާމީނު ވަރެއްނެތް ގާސިމު ނަސީދު ހޭރުނަސް

  2. ކޮބައި ތަ ލަންކާގެ އިދިކޮޅު ޕާޓީތަކުން ޓީވީ ޗެނަލްތަކަށް އަރައި ހުސްއަނގަ ނުތަޅަނީތަ؟ ޤާނޫނު އެކި އަރިއަރިޔަށް ރައްޔިތުންނަށް މާނަނުކޮށްދެނީތަ؟ މޮޅެތި ލޯޔަރުން ތި ކާފިއު އެއީ ޣައިރު ޤާނޫނީ އެއްޗަކަށް ނަހަދަނީތަ؟

  3. ކޮބާތަ އީޔޫ..؟ބަޔާން ނުނެރޭތަ..؟؟ ރާއްޖޭގައި ކަމެއްވާއިރަށް ހީވަނި ފަޔަށް ހިނި އަރައިގެން އުޅޭ ގެރި އައިނެއްހެން.. އިންސާނީ ހައްޤޭ މިނިވަންކަމޭ، ކަރާމަތޭ ކިޔާ ފާޑުފާޑުގެ ބަޔާން ނެރިހަދަން..

  4. މިގައުމަށްވެސް ކެރަފާނަޝީދު ބޭނުންވީ މިގޮތްވާން. ތަފާތު ދީންތައް އޮންނަ ގައުމުތަކުގައި މިއީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

  5. މެލްކަމް އެކްސް

    މިތާ ކޮމެންޓުކުރަނީ ކަކުލުން ވިސްނާ ބައެއްތަ؟ ސަރުކާރާ އިދިކޮޅަށް އަޑު އުފުލައީ ގެނެއް ނޫނޭ އެއީ. ސިޔާސީ ބައެއް ނޫނޭ ހައްޔަރު ކުރީ. ފަނޑިޔާރެއް ނޫނޭ. މަޖިލިސް ވެސް އޮވޭ. ހަހަހަ.