އެޓްލާންޓިކް ކަނޑުގައި މިދިޔަ ހަފްތާގެ ތެރޭގައި އުފެދުނު އާދަޔާއި ޚިލާފަށް ބާރުގަދަ ބިޔަ ނަގޫރޯޅި އެމެރިކާގެ އިރު-ދެކުނުގެ ބޮޑު ސަރަޙައްދެއްގައި ކުއްލި ހާލަތު އިއުލާނުކޮށް ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވާން ފަށައިފިއެވެ.

ފާއިތުވެދިޔަ ތިރީސް ވަރަކަށް އަހަރުވެސް ނުއުފެދޭހައި ބާރުގަދަ "ފްލޮރެންސް"ގެ ނަމުން ނަންދީފައިވާ މި ނަގޫރޯޅި މިހާރު އެމެރިކާއާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު، މިއީ ކެޓެގަރީ ހަތަރެއްގެ ނަގޫރޯޅިއެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މިއީ ނަގޫރޯޅިއެއްގެ އެންމެ ބާރުގަދަ ކެޓެގަރީއެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި "ފްލޮރެންސް" އެމެރިކާއަށް އަރަން ފަށާނެކަމަށް ބެލެވިފައިވާއިރު، ނަގޫރޯޅީގެ މިސްރާބު ހުރިގޮތުން އެންމެ ފުރަތަމަ އެ ނަގޫރޯޅި އަރާނީ އުތުރާއި ދެކުނު ކެރޮލީނާއަށެވެ. މީގެ އިތުރުންވެސް އެ ސަރަޙައްދުގައިވާ އިތުރު ސްޓޭޓްތަކަށް ނަގޫރޯޅި އަރާނެއެވެ. މި ސަބަބަށްޓަކައި ވާޖީނިއާ އާއި މޭރީލޭންޑާއި ވެރިކަންކުރާ ވޮޝިންގޓަންގައިވެސް މިހާރު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

 

ބާރުގަދަ ނަގޫރޯޅި، ފްލޮރެންސްގައި ގަޑިއަކު 225 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހެމުންދާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި އެމެރިކާއަށް އެރުމުގެ ކުރިން ނަގޫރޯޅީގެ ބާރު އިތުރުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ. އެހެންކަމުން އިރު-ދެކުނު އެމެރިކާގެ ބޮޑު ބައެއް މި ނަގޫރޯޅީގައި ސުންނާފަތިވެ ބިމާއި ހަމަކޮށްލާނެ ކަމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި މި ނަގޫރޯޅި ދަނީ އެޓްލާންޓިކް ކަނޑުން އެމެރިކާއާއި ދިމާލަށް ގަޑިއަކު 28 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުންނެވެ. އެހެންކަމުން އާންމުން ވީހާވެސް އަވަހަށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އޮފިޝަލުން މިހާރު ވަނީ ބައެއް ސަރަޙައްދުތަކުގައި ވަގުތީ ހިޔާތައްވެސް ޤާއިމްކޮށްފައެވެ.

އެމެރިކާއަށް ބާރުގަދަ ތޫފާނެއްގެ ނުރައްކާ ކުރިމަތިވެފައި މިވަނީ، މީގެ ދެހަފްތާއެއްހައި ދުވަސް ކުރިންވެސް އެޤައުމަށް ބާރުގަދަ ތޫފާނެއް އަރާފައި ވަނިކޮށެވެ. "ގޯޑޮން"ގެ ނަމުން ނަންދެވުނު އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި، އަލަބާމާ އާއި މިސިސިޕީ ގުޅުނު ބޯޑަރު ސަރަޙައްދަށް ބޯކޮށް ވާރޭވެހިި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު، އުމުރުން ދެ އަހަރުގެ ކުއްޖަކުވެސް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސީނުމީހާ

    މި ނަގޫރޯޅި އެމެރިކާއަށް ލައްވާލާއިރު އޭގެ ބާރުމިން ކެޓަގަރީ 1 އަށް ބަދުލުވޭ. އެހެންވީމަ މިފަދަ ޚަބަރު ގެނެސް ދޭއިރު ރަނގަޅަށް ބަލާފަ ޚަބަރުތައް ގެނައުން މުހިއްމު...

  2. ނަގޫ

    ހަރިކޭން އަށް ދިވެހިން ކިޔަނީ ނަގޫރޯޅިތަ؟ މަހީކުރީ ތޫފާންކަމަށް.

  3. ކަލޯ

    ޔާ ﷲ މުސްލިމުންނަށް އަނިޔާ ވެރިވާ އަދި އަދި އަނިޔާ ކުރާ މި ކާފަރު ބައިގަނޑު ހަލާކުރައްވާންދޭ. އާމީން

  4. އަތަރު

    އަދިވެސްވަރުގަދަވުންއެދިދުއަކުރަން

  5. ނަންްްްްް

    ތިރަށުގައި ޖީންސް ލައިގެން އުޅޭ އަންހެން ކުދީން މާ ގިނައީ

  6. ކިޔާ މީހާ

    ޔާﷲ މި ނަގޫރޯޅިން އެމެރިކާ ގެ މީހުން ސަލާމަތް ކޮށްދެއްވާންދޭ.......އަާާާމީން

  7. ޝަމްސުއްދީން

    ޔާﷲ ތިޔަރޯޅި ވޮޝިންގޓަންގާހުންނަ ވައިޓްހައުސްއަށް މިސްރާބު ކުރައްވާދޭނވެ. ތިޔަރޯޅިން ޓްރަމްޕް ނަޖާ ނުކުރައްވާދެނވެ.

  8. މަރިީ

    މީ އަހަރެމެންނަށް މާ ކުރީންވެސް އެނގިފައި އޮތް ކަމެއް

  9. ޢަފްލާ

    ޔާ ﷲ މިފަދަ ބިރުވެރި މުސީބާތްތަކުން އަޅުގަނޑުމެންގެ އުނމަތުގެ ހުރިހާ މުސްލިމުން ސަލާމަތް ކޮށްދެއްވައި ފާދޭއެވެ ދުނިޔޭގައިވެސް ހެޔޮކަން އާޚިރަތުގާވެސް ހެޔޮކަން ދެއްވައި އަޅަމެންގެ ހިތްތަށް އެކުވެރި ކުރައްވާދޭވެ.އިސްލާމްދީނަށް ފުރައްސާރަ ކޮށް ﷲ ޝިރުކު ކުރި އެންމެންނަށް ތެދުމަގު ދައްކަވާދޭއެވެ.

  10. އާދަމް

    "އެޓްލާންޓިކް ކަނޑުގައި މިދިޔަ ހަފްތާގެ ތެރޭގައި އުފެދުނު އާދަޔާއި ޚިލާފަށް ބާރުގަދަ ބިޔަ ނަގޫރޯޅި އެމެރިކާގެ އިރު-ދެކުނުގެ ބޮޑު ސަރަޙައްދެއްގައި ކުއްލި ހާލަތު އިއުލާނުކޮށް ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވާން ފަށައިފިއެވެ."

    މީގެ ކުރިން ނާހަން ނަގޫރޯޅިއެއް ކުއްލިހާލަތު އިއުލާނު ކުރި ވާހަކައެއް.

    • ޑޮންޑޮން

      ލޮލް، ވަގުތުގެ ހާލަތު...