ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން 200 ދަރަޖަ އަށް ވުރެ ދަށަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެއްޓި މިލްކިއްޔާތުގެ އަގު ވެސް 3.5 ބިލިއަން ޑޮލަރުން 3.1 ބިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.

ފޯބްސްގެ މުއްސަނދިންގެ ލިސްޓުގެ އެއް ވަނަ އަށް މިފަހަރު އަރާފައި ވަނީ އެމެޒޮންގެ ފައުންޑާ ޖެފް ބެޒޮސް އެވެ. މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސް ވަނީ ދެ ވަނަ އަށް ވެއްޓިފަ އެވެ. ވޭތުވެދިޔަ 24 އަހަރު ތެރޭ ފޯބްސްގެ ލިސްޓުގައި ގޭޓްސް ވަނީ 18 ފަހަރު އެއް ވަނަ އަށް އަރައިފަ އެވެ. ލިސްޓުގެ ތިން ވަނައިގައި ވަނީ އެމެރިކާގެ އިންވެސްޓްމަންޓުގެ ސުޕަސްޓާ ވޮރެން ބުފޭ އެވެ. ސްޓުގެ ހަތަރު ވަނައިގައި އަދި ޔޫރަޕުގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ހިމަނާފައި ވަނީ އެލްވީއެމްއެޗުގެ ވެރިޔާ ބާނާޑް އާނޯލްޓެވެ

އެންމެ ބިލިއަނަރުން ގިނައީ އެމެރިކާގަ އެވެ. އެ ގައުމުގައި 585 ބިލިއަނަރުން ތިބި އިރު ކެލިފޯނިއާގައި އެކަނި ވެސް 144 ބިލިއަނަރުން އެބަތިއްބެވެ. ދެ ވަނަ ގައުމަކީ ޗައިނާ އެވެ.

ދުނިޔޭގެ ބިލިއަނަރުންގެ އަހަރީ ރޭންކިންގައި މި ފަހަރުގެ އަދަދުގައި ވަނީ 2،208 ބިލިއަނަރުން ހިމަނައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވާނުވާ

    ޤާސިމް އިބްރާހިމް ނެތްތަ؟

    • ރޮންދާ

      ހާސްނުވޭ.. ތިމާގެ މަކަރާ ޙީލަތުގެ ސަބަބުން އަމިއްލަޔަށް ބަނގުރޫޓުވި މީހުންގެ ލިސްޓުގެ ލިސްޓު ނެރޭއިރު އޭނަގެ ނަން އޮންނާނެ..!

  2. ހުމުދު

    ޖާސިމް އަތުގަނެއް ރުފިޔާއެއް ވީޓީވީ ކުދިންކޮޅުވެސް ސަލާންޖަހަނީ...އިމާދު ލަތީފު އަތުގަނެއް ސިގެރެޓެއް ގަނެލާނެ ރުފުޔާ އެއްވެސް ދެރަދޯ

  3. ކުޑަހުވަދޫ

    ތިލިސްޓުގަ ޔާމީނު ނަމެއް ނެއްތަ ވަގުތުއޮންލައިން؟