މިހާރު އެމެރިކާއާއި ދިމާލަށް މިސްރާބު ޖަހާފައިވާ ބާރުގަދަ ތޫފާން ފްލޮރެންސްގެ ސަބަބުން ނުރައްކާތެރި ކަންތައްތަކެއް ވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވައިފިއެވެ.

ކެޓެގެރީ 4 ގެ މިބާރުގަދަ ތޫފާން މިރޭގެ ވަގުތެއްގައި އެމެރިކާގެ އައްސޭރިފަށައް އަރާނެ ކަމުގެ އިންޒާރު ވަނީ މިހާރު ދީފައެވެ. އެމެރިކާގެ ރައީސް ޓްރަންޕް ޓުވިޓާ މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންނަށް ދިން ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ތޫފާން ފްލޮރެންސް ކުރިއަށް އޮތް 48 ގަޑި އިރުތެރޭ އެމެރިކާ އަށް އަރާނެ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ތޫފާނުގެ ބޮޑު މިނާއި ވަރުގަދަ ކަމަށް ބެލުމަށް ފަހު ތޫފާނުގެ ސަބަބުން ނުރައްކާތެރި ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ޓްރަންޕް ވަނީ ތޫފާން ފްލޮރެންސް އާއި ގުޅިގެން ފެޑްރަލް އެމެޖެންސީ މެނޭޖްމެންޓް އެޖެންސީ އާއި ބައްދަލު ކޮށްފައެވެ. މީގެ ކުރިން އެމެރިކާގެ ޕުއޭޓެރީކޯ އަށް އެރި ތޫފާން މާރިޔާ އިން ރައްކާތެރިވުމަށް އެމެރިކާ ސަރުކާރުން ގެންގުޅުނު ދޯހަޅި ސިޔާސަތަށް އެގައުމުގެ އެތަށް ރައްޔިތުންގެ ފާޑު ކިޔުން ޓްރަންޕަށް ވަނީ އަމާޒުވެފައެވެ.

ބާރުގަދަ ތޫފާން، ފްލޮރެންސްގައި ގަޑިއަކު 225 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހެމުންދާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި އެމެރިކާއަށް އެރުމުގެ ކުރިން މި ތޫފާންގެ ބާރު އިތުރުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

އެހެންކަމުން އާންމުން ވީހާވެސް އަވަހަށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އޮފިޝަލުން މިހާރު ވަނީ ބައެއް ސަރަޙައްދުތަކުގައި ވަގުތީ ހިޔާތައްވެސް ޤާއިމްކޮށްފައެވެ.

މި ތޫފާން ދަނީ އެޓްލާންޓިކް ކަނޑުން އެމެރިކާއާއި ދިމާލަށް ގަޑިއަކު 28 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާ ކުރިން ވެސްމި ރޯޅި އަންނާނެކަން އެނގޭ

  2. ޔާ ﷲ މިނުލަފާ ޓްރަމޕ ގެ ހިތުގައި އިސްލާމް ދީނަށް އޮތް ހަސަދަވެރިކަން ނެތިކުރައްވައި މީނާ އަށް އިސްލާމް ދީން ިޚތިޔާރު ކުރުމުގެ ހެޔޮވިސްނުން ދެއްވައިފާދޭވެ.މުސްތަގްބަލުގައި ޓްރަނޕަކީ މުސްލިމެއްކަމުގައި ލައްވައިފާނދޭވެ. ﷲ އަކޮބަރު ﷲ އަކްބަރު ﷲ އަކްބަރު

  3. ޔާ ﷲ އެމެރިކާ ހަލާކު ކޮށް ދެއްވާށި އާމީން

  4. އެއްވެސްބައެއް ނެތިކޮށްލުމަށް ދުޢާ ކުރުމަކީ އައަރުމެން މުސްލިމުންނަށް ވެތިބެ ކުރަން ހެޔޮވާވަރުގެ ކަމެއްނުން، އެކަން މިއުއްމަތުގެ ރަސޫލާ މުހައްމަދުރަސޫލުﷲ ވަނީ ނަމޫނާ ދައްކަވާފަ، އެކަލޭގެފާނު ޠާއިފައް ވަޑައިގަތުމުން އެކި ގޮތްގޮތުން އަނިޔާކުރަމުންދިޔަ، ހަށިކޮޅަށް ގާއުކާ ޒަޚަމްކޮށްލެއްވި، އެވަގުތު އެކަލޭގެފާނު ﷲ އަށް ދުޢާ ދެންނެވީ އެމީހުންނަށް ހިދާޔަތާއި ތެދުމަގު ދެއްކެވުމަށް، ވީމާ މިކަންކަމުން އިބްރަތް ޙާސިލް ކުރަމާ.