ސީރިއާގައި ދިރިއުޅެމުން ގެންދާ މުސްލިމުންނަށް  އެގައުމުގެ ސިފައިންނާއި ރަޝިއާއާއި އިޒްރޭލުފަދަ ގައުމުތަކުން ގުޅިގެން ހިންގާ ލާއިންސާނީ އަނިޔާތަލުގެ ސަބަބުން އެތަލެއް ސަތޭކަ ބައެއް މަރުވެ އެތަށް ހާސްބައެއްގެ ގެދޮރު ސުންނާފަތިވެ މަގުމަތިވެފައިވާއިރު ސީރިއާ ދޫކޮށް ކައިރީގައިވާ އެހެން ގައުމުތަކަށް ރެފިޔުޖީންގެ ގޮތުގައި ހިޖުރަ ކުރާ ފަރާތްތަށްވެސް މަދެއް ނޫނެވެ. އެގޮތުން ތިރީގައި އެވަނީ އަނިޔާތަކަށް ކެތް ނުވެގެން އެގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކުރި ކުޑަކުއްޖެއް ކަމަށްވާ އަހުމަދުގެ ވާހަކައެވެ.

This is Ahmed, a little Syrian refugee. He tells us about the regime killed his brother and grandfather with crying. There are thousands Syrian kids like Ahmed, live in difficulties, can't go to school, lost families, etc

Posted by Palestine on Sunday, March 4, 2018

އަހުމަދަކީ ސީރިއާއަށް އުފަން އުމުރުން 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އޭނާއަކީ ސީރިއާގައި  މުސްލިމުންނާއި ދެކޮޅަށް ދެމުންދާ އަނިޔާތަކަށް ކެތްނުވެގެން އަމިއްލަ ވަޒަން ދޫކޮށް އެހެން ގައުކަމަށް ހިޖުރަ ކުރި ކުޑަކުއްޖެކެވެ. މިހާރު  ކުޑަ ގަރާޖެއްގައި މެކޭނިކްއެއްގެ ވަޒީފާ އަދާކުރާ އަހުމަދު ބުނެފައިވާ ގޮތުގައި ސީރިއާގެ ސިފައިން އޭނާގެ ބޭބެ އާއި ކާފަ މަރާލީ އޭނާގެ ލޯކުރިމަތީގައެވެ. އަދި ސިފައިން އޭނާ ތައުލީމު ހާސިލް ކުރަމުން ގެންދިޔަ ސުކޫލުވެސް ބިމާ ހަމަކޮށް ގެދޮރު ނައްލާލިކަމަށް  ބުނެފައިވެއެވެ. އަދި އޭނާ މުޅިން އެކަނިވެރިކޮށް ބިކަކޮށް އެތަކެއް އަނިޔާތަކެއް ދިންކަމުގައި ވެސް ބުނެފައިވެއެވެ.

ކަނުނައިން ފުރިގެންވާ ލޮލަކާއި އެކު އަސަރުން ފުރިގެންވާ އެވާހަކަތަށް ކިޔާ ދޭ ވީޑިއޯ މީސްމީޑިއާގައި އާންމުވެފައިވާއިރު އެވީޑިއޯގައި އޭނާއަށް ދިމާވި ކަންކަމުގެ ވާހަކަތަށް ކަރުނައިން ފުރިގެންވާ ލޮލަކާއި އެކު ކިޔާދެއެވެ އަދި އަހުމަދު ފަދައިން އަމިއްލަ ވަޒަން ދޫކޮށް  ބިކަހާލުގައި އެހެން  ގައުމުރަކަށް ހިޖުރަ ކުރާ ކިތަށް ކުދިން އުޅޭނެތޯއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެކަމުވެސް ކަލޭމެން އެކާފަރުންނާއި މުޚާތަބުކުރާއިރު އެމަނިކުފާނު، އެބޭފުޅާ، ވަޑައިގަތީ، ވިދާޅުވީ

  2. ޔާﷲ ބައްސާރު ލުއްޗާ ނިކަމެތި ކުރައްވާ ހަލާކުކުރައްވާ ދޭވެ... އާމީން

  3. މިކަހަލަ އާޓިކަލއަ ނުހުނނާނެ ކޮމަނޓެ. އެކަމު މީހަކަ ފުރައ ސާރަ ކުރަނ ވެއޖެ ޔާ ވ ވަރުހުނނާނެ

  4. މީ ތިމާގެ ދަރިފުޅުނަމަ ތިމާ މިއަދު ވަޒީފާއަށް ފައިސާ ހޯދަން ދާނެތޯ؟ ނޫނީ ރައްޓެހީންނާއި އެކު ކޮފީއަށް ދާނެތޯ ނޫނީ ކެއިން ބުއިމުގެ އަރާމް ބޭނުންވާނެތޯ؟ އަމިއްލަ ނަފްސާއި ސުވާލުކޮށްލާ