ކާރެއްގެ ފުރޮޅު ނައްޓައިގެން އައިސް ކުޑަކުއްޖެއްގެ ގައިގައި ޖެހި އޭނާ މަރުވެއްޖެއެވެ.

އެމެލިއާ ވުޑް ނަމަކަށް ކިޔާ 11 އަހަރުގެ އެ އަންހެން ކުއްޖާގެ ގައިގައި ފުރޮޅަކުން ޖެހުނީ ސްކޫލަށް ދިޔަ މަގުމަތީގައެވެ. ޕޭމަންޓް މަތިން ހިނގާފައި ސްކޫލަށް ދިޔަ އެ ކުއްޖާ ގައިގައި ފުރޮޅުން ޖެހުނުއިރު، އޭނާ ވަގުތުން ބިން މައްޗަށް ވެއްޓުނެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންގްލޭންޑްގެ އަވަށެއްގައި މި ހާދިސާ ހިނގިއިރު، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު، އޮތީ ވަރަށް ހާލު ދެރަކޮށެވެ.

އެމެލިއާއަށް ފަރުވާދެމުން ގެންދިޔައީ ނޮޓިންގހަމް ކުއީންސް މެޑިކަލް ސެންޓަރުގައެވެ.

ރިޕޯޓްތައް ބުނާގޮތިގައި، އެމެލިއާއަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ މިއަދުގެ ވަގުތެއްގައެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ އެކަން ހިނގާދިޔަތަން ފެނުނު ބަޔަކު ތިބިކަމުގައިވާނަމަ ވަަރަށް އަވަހަށް ފުލުހުންނަށް ބަޔާން ދިނުމަށް އަންގާފައެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    *ހާލު