އެލަން މަސްކް އާއި އޭނާގެ ރޮކެޓް ކުންފުނި ސްޕޭސް އެކްސްގެ އާ ރޮކެޓްގައި ޖަޕާނުގެ ބިލިއަނަރެއް ހަނދަށް ފޮނުވުމަށް ނިންމައިފިއެވެ.

ސްޕޭސް އެކްސްއިން އުފައްދާފައިވާ އާ ރޮކެޓް ލޯންޗު ކުރާއިރު ހަނދުގެ ވަށައިގެން ދަތުރު ކުރާނީ ޖަޕާނުގެ ބިލިއަނަރެއް ކަމުގައިވާ އުމުރުން 42 އަގަރުގެ ޔޫސަކް މައިޒާވާ އެވެ. ސްޕޭސް އެކްސްގެ އާ ރޮކެޓްގައި މައިޒާވާ ހަނދަށް ދަތުރު ކުރާނެކަން އޭނާ އިއުލާން ކުރީ ހޯމަދުވަހުގެ ރެއެވެ.

އޭނާ ހަނދު ވަށައިގެން ދަތުރު ކުރާނީ ބިގް ފަލްކަން ރޮކެޓް ނަމުން ނަންދީފައިވާ ރޮކެޓެއްގައެވެ. މި ރޮކެޓް ހަނދުގެ ވަށައިގެންވާ ސެޓްލްއިޓްތައް ކައިރީގައި ބުރު ޖަހާނެ އެވެ.

ބީއެފްއާރް އަކީ މާސް ގައި ވަޒަންވެރިވުމަށް ސްޕޭސް އެކްސް އިން އުފައްދަމުން އަންނަ ލޯންޗް ސިސްޓަމްގައި ހިމެނޭ އުޅަނދެކެވެ. ހަނދުގެ ވަށައިގެން ދަތުރުކުރުމަށް މައިޒާވާ އޭނާގެ ޓީމުން ދަތުރު ފަށަނީ 2023 ގައެވެ.

މައިޒާވާ އާއި އެކު މިދަތުރުގައި 8 އާޓިސްޓުންވެސް ބައިވެރިވެއެވެ. ހަނދަށް ކުރާ ދަތުރަށް ތައްޔާރުކުރަމުން އަންނަ ޖައްވީ އުޅަނދު މައިޒާވާ ގަތީ ކިހާވަރަކަށް ކަމެއް ސްޕޭސް ކުންފުނިން އަދި ހާމައެއް ނުކުރެއެވެ. މައިޒާވާ އާއި އޭނާގެ އާޓިސްޓް ފަޅުވެރިން ޖައްވަށް ދިއުމަށް ފަހު އެނބުރި ދުނިޔެއަށް އައިސް އެ ދަތުރުގެ ތަޖުރިބާ ހިއްސާ ކުރާނެއެވެ.

ސްޕޭސް އެކްސް އާއި އެ ކުންފުނީގެ ވެރިޔާ އެލަން މަސްކްގެ އުންމީދަކީ ޖައްވީ ފަތުރުވެރިކަން އުފެއްދުމެވެ. އަދި 2020 ވަނަ އަހަރުގައި މާސް އަށް އިންސާނުން ގެންގޮސް، މާސްގައި މީހުން އާބާދުކުރުމަށް ވެސް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ތިއަށްވުރެ ތިފައިސާ ފަޤީރުންނަށް ދިނިއްޔާކީއްވާނީ؟

  2. ގަމާރުމޯލްޑިވިއަންމ

    ތީ މުސްލިމުން ދައްކަން ހެޔޮވާވަރުގެ ވާހަކަ އެްނޫން