ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ސީރިއާގެ ސަރަހައްދަށް ވައްޓާލީ އިޒްރޭލުން ކަމަށާއި އެކަމުގެ ރައްދު ދޭނެ ކަމަށް ރަޝިޔާ އިން ބުނެފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާގީ ޝޮއިގޫ ވިދާޅުވީ ބޯޓު ވައްޓާލުމާއި އެ ބޯޓުން ދަތުރުކުރި މީހުންގެ މަރުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އިސްރާއިލުން ކަމަށާއި އޭގެ ބަދަލު ހިފާނެ ކަމަށެވެ.

ރަޝިއާގެ އިންޒާރަށް ރައްދުދީ އިސްރާއީލުން ބުނެފައި ވަނީ ރަޝިޔާގެ ބޯޓު ވައްޓާލީ ސީރިއާ އިން ދިން ހަމަލާތަކުގައި ކަމަށެވެ.

އިސްރާއީލުން ވައްޓާލި ބޯޓުގެ ބައެއް ބައިތަކާއި ބައެއް މީހުންގެ ހަށިތައް ރަޝިޔާގެ ނޭވީން މިހާރު ވަނީ ހޯދައިފަ އެވެ. ރަޝިޔާ އިން ތުހުމަތު ކުރަނީ އެ ގައުމުގެ ހަނގުރާމަ މަތީ ބޯޓު ވައްޓާލާފައި ވަނީ އިޒްރޭލުގެ އެފް-16 ގެ ޖެޓްތަކުން ހަމަލާދީ ކަމަށެވެ.

އިސްރާއީލުން ވައްޓާލާފައިވާ ބޯޓަޖީ ސަވައިލަންސް ސިސްޓަމްތަކާއި ޖާސޫސީ މައުލޫމާތުތައް ފޯރުކޮށްދޭ ސިސްޓަމްތައް ހަރުކޮށްފައި ހުރި ފްލައިޓެކެވެ.ރަޝިއާގެ ބޯޓު ވައްޓާލަން ސީރިއާއިން ބޭނުން ކުރި ސިސްޓަމަކީ ރަޝިއާއިން މީގެ އަހަރުތަކެއް ކުރިން ހަދިޔާ ކުރި އެއްޗެއްކަމަށް ވެއެވެ.

ބޯޓު ވައްޓާލުމުގެ ހާދިސާގައި 15 މީހުން ވަނީ މަރުވެފައި ވާއިރު ބޯޓު ވައްޓާލާފައި ވަނީ ލަޓަކިއާ ޕްރޮވިންސްގެ ހުޅަނގުން 17 މޭލު ދުރުން މެޑިޓެރޭނިއަންއަށެވެ.

ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުން ފާއިތުވި ހަފްތާއެއްހާ ދުވަހު ވަނީ ސީރިއާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެގައުމުން ހަމަލާ ދެނީ ސީރިއާގައި ހުރި އީރާންގެ އަމާޒުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަމީދު ދ

    ތި އިޒްރޭލުގެ ޔަހޫދީ ދައުލަތް ފުނޑާލަދީ. ސައިދޭނަން

  2. Anonymous

    ހައްދު ފަހަނަ އަޅާފައިވަނީ ހަމަ އެކަނި އިޒްރޭލްތަ ކޮބާ އެމެރިކާ އާއި ޔޫރްޕާއި ރަޝިޔާ އިންގްލޭންޑް ޖާމަން ސައުދީ ޔޫއޭއީ ޤަތަރު ފަދަ ގައުމުތައް

    • އިސްލާމުން

      ރަނގަޅު ވާހަކައެއް. އެކަމަކު ސައުދީ ޔޫއޭއީ ޤަތަރު ފަދަ އިސްލާމީ ގައުމުތަކެއް ހައްދުފަހަނަ އަޅައެއްނުދޭ، އެތަންތަނުގައިތިބި އަމިއްލައެދުން ބޮޑު ރައްޔިތުންނައް ހަރާންކޯރުވެގެންތިބި ވެރިން ހައްދުފަހަނައަޅާފަ ތިބީ