މިސްކިތަކުން ނިކުތް ބައެއްގެ ގައިގައި ދުއްވާފައި ދިޔަ ކާރަކުން ޖައްސައި ޒަޚަމްކޮށްލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ލަންޑަނުގެ އުތުރުގެ ސަރަޙައްދެއްގައި ހުންނަ "އަލް މަޖްލީސް އަލް-ޙުސައިނީ އިސްލާމިކް ސެންޓަރ"ގެ ނަމުން ނަންދީފައިމާ ބޮޑު މިސްކިތެއްގެ ކައިރީ ހިނގި މި ހާދިސާގައި ދެ ޒުވާނަކާއި މެދު އުމުރުގެ މީހަކަށް އަނިޔާވެގެން ދަނީ ފަރުވާދެމުންނެވެ.

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރަކުން ގޮސް އެ ތިން މީހުންގެ ގައިގައި ޖެއްސުމާއި ގުޅިގެން އެމީހުނަށް ލިބުނު އަނިޔާގެ ތަފްސީލެއް ސިއްޙީ އިދާރާއަކުން ހާމަކޮށްފައި ނުވާއިރު، ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ އަނިޔާވި ދެ ޒުވާނުންގެ ޙާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މި ހާދިސާގައި އަނިޔާވި މެދު އުމުރުގެ މީހާއަށް ފަރުވާދެމުންދަނީ ސީރިއަސް ޙާލުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އޮފިޝަލުންނާއި ޙަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، މިއީ ދުރާލާ ރާވައިގެން ބަޔަކު ގަސްދުގައި ހިންގާފައިވާ ޢަމަލެއް ކަމަށެވެ. މި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ފަހުންވެސް މޯލެއްގެ ބޭރުގައި ތިބި ބަޔަކާއި ދިމާލަށް ބާރު ސްޕީޑުގައި ދުއްވާފައި ކާރެއް ގޮސް އެކްސިޑެންޓުވި މައްސަލައެއް އިދާރާތަކުން ދަނީ ބަލަމުންނެވެ. މިއީ ގުޅުމެއްވާ ދެ ހާދިސާތޯ ބަލަމުންދާ ކަމަށް އޮފިޝަލުން ބުނެފައިވާއިރު، މިހާތަނަށް މިކަމާއި ގުޅިގެން މީހަކު އަތުލައިގަނެވިފައެއް ނުވެއެވެ.

މުސްލިމުންނަށް އޮންނަ ރުޅިވެރިކަމުގެ ސަބަބުން އިނގިރޭސިވިލާތުގައި މީގެ ކުރިންވެސް ބައެއް ފަރާތްތަކުން މިފަދަ ޢަމަލުތައް ހިނގާފައި ވެއެވެ. އެގޮތުން ހިނގާ ހާދިސާތަކުގެ ތެރޭގައި ބައެއް މީހުން މަރާލާފައިވާއިރު، މިސްކިތްތަކުގައި ރޯކޮށް އަންދާލާފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މީހާ

    ގޯހެއްނޫން މިނާ ނާޅިން މިނާނީ

    • ކިޔާ

      އަސްލުވެސްތަ؟؟ އެކަމަކު އުޅެއުޅެވެސް އަހަރެންނަކަށް ނުވިސްނުނު...މިނާ ނާޅިން މިނެވުނުގޮތެއް؟؟؟؟

    • ދިވެހި މީހާ

      ތިބުނީ އެމެރިކާ އާއި ޔޫރަޕް ސުންނާފަތި ކުރާށޭތަ

  2. Anonymous

    ޝިޔައީންނަކީ މުސްލިމުންނެއް ނޫން. އެއީ ހަރުބީ ކާފަރުންނައް ވުރެންވެސް ނުބައިބައެއް

  3. ދިވެހި މީހާ

    މިމީހުން ކުރީމަ ޓެރަރިސްޓުންނަކަށްނުވެ. ގައުމެއްއެއްކޮށް ސުންނާފަތިކޮއްލިޔަސް ޓެރަރިސްޓުންނަކަށްނުވެ. އެކަމަކު މުސްލިމަކު ހިނގާފަދަމުން މިއިންމީހަކާއިދިމާލަށް ބަލާލާގޮތަކުންވެސް ޓެރަރިސްޓުންނަށްވޭ. މިއީތޯ އެމެރިކާއާއި ޔޫރަޕުން ގެންނަން އުޅޭ އިންސާފަކީ؟

  4. މި

    ތި ގައުމުތަކަށްދާ މުސްލިމުން ސަމާލުވާތި އިންޝާﷲ