އިންޑިއާގެ އުއްތުރަ ޕްރަދޭޝްގައި ގޮތް ނޭގޭ ބައްޔެއް ފެތުރެން ފަށައިގެން އާންމުން ސަމާލުވުމަށް އެދިއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހަ ހަފްތާ ތެރޭގައި މި ބަލި ޖެހިގެން ގާތްގަނޑަކަށް 84 މީހަކު މަރުވެފައިވާކަމަށެވެ.

އަދި މި ބަލި ޖެހިގެން ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 12 އަހަރުގެ ކުޑަކުއްޖަކު ހިމެނޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި އެ ކުއްޖާއަކީ ހުން ވަރަށް ބޮޑަށް ގަދެވެގެން މީގެ ދެ ދުވަސް ކުރިން ހޮސްޕިޓަލަށް ގެންދިޔަ ކުއްޖެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

"އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، ހީވަނީ މުޅި މީހާ އަނދާފާނެހެން.. ފުރަތަމަ ގެންދިޔައީ އަވަށު ޑޮކްޓަރަށް. އެތަނުން އޭނާއަށް ފަރުވާދޭން ފަށާއި، އެއްވެސް ވަރަކަށް ރަނގަޅުވާހެން ހީނުވުމުން ގެންދިޔައީ ހޮސްޕިޓަލަށް. އެ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަރިތަކެއް ނުވަނީސް އެ ކުއްޖާ ވަނީ މަރުވެފައި". އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

ގިނަ ބަައެއްގެ ކުއްލި މަރާއެކު އުއްތުރަ ޕްރަދޭޝްގެ ސަރުކާރުން ވަނީ، ހުރިހާ އެންމެންގެ މަރުގެ އޮޑިޓެއް ކުރިއަށްގެންދިޔުމަށް އަންގާފައެވެ.

ސިއްހަތާއި ބެހޭ މާހިރުން ބުނާގޮތުގައި، މި ބަލިތަކަކީ މެލޭރިއާ އާއި ޓައިޕްހޮއިޑްއާ ވަަރަށް ވައްތަރެވެ. އަދި މިހާރު ބައެއް ސަރަހައްދުތަކަށް ބޭސް ފޯރުކޮށްދެމުން އަންނައިރު، މަދިރިއާލާވުން ކުޑަކުރުމަށް ފޮގް ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

މި ބަލި ބޮޑަށް ފެތުރިފައި ވަނީ، އުއްތުރަ ޕްރަދޭޝްގެ އަވަށްތަކުގައެވެ. އަދި މީހަކު މާބޮޑަށް ބަލިވާން ފެށުމުން ގޭގައި ފަރުވާދިނުމުގެ ބަދަލުގައި އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެން

    ޔާﷲ

  2. އަލްޖިބްރާ

    އަދިވެސް އެއް ޖިންސުން ގުޅުންހިންގަން ސަރުކާރުން ހުއްދަދިނީމަ މޮޔަވެގެން މަގުތަކުގައި ދުވޭ ! މިބައިގަޑަށް ﷲގެ ކޯފާކަން ބުނެދޭނީ ކާކުބާ ؟

  3. Anonymous

    ﷲ ޙަރާމް ކުރެއްވި އެތަށް ކަމެއް ހުއްދަކޮށް މިސްކިތްތައް ތަޅާ ސުންނާފަތިކޮށް މުސްލިމު އަޚުންތައް ވަޒަނުން ބޭރުކޮށް އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ނިކަމެތިންގެ ބަދުދުޢާ ﷲ އިޖާބަކުރުން އަވަސްވެވޮޑިގެންވޭ.