ނިކަމެތި ހާލުގައި އުޅެމުން ދިޔަ ދެ ކުއްޖަކު ފިލައިގެން އެ މީހުންގެ ގާތްތިމާގެ މީހުން ދޫކޮށް، މައިންބަފައިން ހޯދަން ގޮސްފިއެވެ.

މިކުދިން މިގޮތަށް ގޮސްފައި ވަނީ މަންމަމެން މަތިން މާބޮޑަށް ހަނދާންވާތީއެވެ. މި ދެކުދިން ފިލައިގެން ދިޔަ ނަމަވެސް އެ ކުދިންގެ އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. މި ކުދިންގެ އަތުގައި ފައިސާ ނެތްކަން ބަހުގައި މަސައްކަތް ކުރާ މީހަކަށް އެނގުމުން އެ ކުދިން ފިލުވީ ބަހުގެ ދަށުގައެވެ.

އެއީ އެ މީހުންނަށް އެތަނުގައި ފިލާ ތިބެގެން ހިލޭ ދަތުރު ކުރެވޭނެތީއެވެ.

ޗައިނާގެ ފަގީރު އަވަށަކަށް ނިސްބަތްވާ މި ކުދިންގެ މައިންބަފައިން މަސައްކަތް ކުރަނީ އެެހެން ގުއަންގޑޮންގައެވެ. މި ކުދިން އެ މީހުންގެ މައިންބަފައިން މަތިން ހަނދާންވެގެން އެންމެ ފަހުން މައިންބަފައިން ކައިރިއަށް ދާން މަޖުބޫރުވީއެވެ.

މި ކުދިންގެ ތެރޭގައި ހިމެނޭ އެއްކުއްޖެއްގެ އުމުރަކީ ނުވަ އަހަރެވެ. އަނެއް ކުއްޖާއަކީ އަށް އަހަރުގެ ކުއްޖެކެެވެ. މި ކުދިން ފިލާފައި ވަނީ ސްކޫލުގައި ތިއްބައެވެ. މި ކުދިން ގެއްލިގެން ޓީޗަރުންވެސް ހޯދިއެވެ. އަދި ފުލުހުންނަށް ރިޕޯޓްކޮށް އެ މީހުން މި ކުދިން ހޯދަމުން ދަނިކޮށް މި ކުދިން ފެނިފައި ވަނީ ބަހުގެ ތިރީގައި ފިލާ ތިއްބައެވެ.

މި ކުދިން ފެނިފައި ވަނީ ސެކިޔުރިޓީގައި މަސައްކަތް ކުރާ މީހަކަށެވެ. މި ކުދިން މަންމަމެން ހޯދަން 80 ކިލޯމީޓަރަށް ދަތުރުކުރިކަމަށް ވެއެވެ. މި ކުދިންނަށް އަނިޔާވުމުގެ ކުރިން މި ކުދިން ފެނުނުއިރު، މި ކުދިންނަށްވެސް މި ކުދިންގެ ބެލެނެވެރިން މަސައްކަތް ކުރާތަނެއް ނޭގޭ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޒީ

    ހަބަރެއް ލިޔާއިރު ހާދަ ފާޑަކަށޭ ތި ލިޔަނީ...