ޢޫޠާއަކީ ކޮންތަނެއް ހެއްޔެވެ؟

ރަސޫލާ މުހައްމަދުއް ސައްލައްﷲ އަލަޢިހި ވަސައްލަމަ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަނގުރާމައިގެ ދުވަހު މުސްލިމުންގެ ކިއްލާތަށް ވާހުށީ އަލް ޢޫޠާގައެވެ. އެއީ ދިމިޝްކޭ ކިޔޭ ތަނުގެ ކައިރީގައިވާ ރަށެކެވެ، އެއީ ޝާމްގައިވާ އެންމެ ހެޔޮރަށެވެ."

ޢޫތާގައި މިއަދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ވާހަކަ ނިކަން އައްސަވާށެވެ. އެ ރަށުގެ ވަށައިގެން ދުޝްމަނުން ވަލުޖަނަވާރުތަކެއް ފަދައިން ތިބި އިރު އެ ތާނގައި ދިރިއުޅޭ މުސްލިމުންނަށް ކޮންމެ ދުވަހަކު އެދަނީ އެތަކެއް ލާއިންސާނީ އަނިޔާއެއް ދެމުންނެވެ. އެތަކެއް މުސްލިމުންނެއްގެ ގެދޮރު އެތަނީ ސުންނާފަތިކުރަމުންނެވެ. އެތަކެއް ކުޑަކުދިންނެއް އެދަނީ ހައްޤަކާއި ނުލާ މަރަމުންނެވެ. އެރަށުގެ ވަށައިގެންވަނީ ނާމާން ކަމެކެވެ. އެރަށުން އިވޭނީ މީހުންގެ ރުއިމާއި ކެކުޅުމުގެ އަޑެވެ.

ޢޫޠާގެ މަތިން ކޮންމެ ދުވަހަކު ބޮން އަޅަމުން ގެންދާއިރު އެއީ ފިލްމެއްގެ މަންޒަރެއް ނޫނެވެ. އެއީ ހަމަ ހަޤީގަތެވެ. އެ ބޮންތަކުގެ ޝިކާރައަކަށްވި ކިތަށް މީހުން އެރަށުގައި އުޅޭނެ ތޯއެވެ؟ އިމާރާތްތަކުގެ ދަށުވެފައި ތިބި ކިތަށް މީހުން ތިބޭނެތޯއެވެ؟

އެތާނގައިވަނީ ފެންކޯރުތަކެއް ނޫނެވެ. މުސްލިމުންގެ ލެއިން ހެދިފައިވާ ލޭކޯރުތަކެވެ، އެތާނގައި އެދަނީ މުސްލިމުންގެ ގުނަވަންތަށް ވަކިކޮށް ވަލުޖަނަވާރަށް ކާންދެމުންނެވެ.

އެތަން އަދު މިވަނީ ރަޝިއާއާއި ސީރިއާގެ ސިފައިން ހަތިޔާރު ތަހުލީލު ކުރާ ބިމަކަށް ހަދައިފައެވެ. އެމީހުން އެ ތަހުލީލު ކުރަނީ އެރަށުގައި ދިރިއުޅޭ މުސްލިމުންނަށެވެ. އެކަމުގެ ސަބަބުން ބިކަ ހާލުގައި އެޖެހެނީ ހަމަ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނެވެ. ނިކަން ވިސްނާލައްވާށެވެ. ރޯމާ ދުވާލު އެފަދަ ޖަރީމާތަށް އެބިމުގައި ހިންގަމުން ގެންދާއިރު އިންސާނީ ހައްޤުތަކޭ ކިޔައިގެން އަޑުގަދަ ކުރާ ފަރާތްތަށް ކޮބާތޯއެވެ؟ އެފަރާތްތަށް ހަނު އެތިބީ ފަހެ ކީއްވެތޯއެވެ.؟ އެ ބިމުގައި އަޅުގަނޑުމެންގެ ލޭ އޮހޮރަމުން ގެންދާއިރު އެކަމާ ދެކޮޅަށް ތެދުވާނެ މީހަކު ނެތީތޯއެވެ؟

އޭ އަހާއެވެ. ތިމާގެ ދަރިއަކަށް އަނިޔާއެއް ލިބެން އެނދޭނަމު ހެއްޔެވެ؟ ނުވަތަ ގެދޮރު ވީރާނާވެ ތިމާގެ އަންހެނުން ތިމާގެ ކުރިމަތީގައި ރޭޕްކުރާތަން ބަލަން ކެތްކޮށްލެވޭނެ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ނުވާނެއެވެ. އެހެން ނޫންހެއްޔެވެ؟

އެހެންކަމަށްވާއިރު ޢޫޠާގައި މިހާރު ހިންގަމުން އެގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ތެދުވަން ތިމާ ފަސްޖެހެނީ ކީއްވެހެއްޔެވެ؟ އެއީވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔެކެވެ. އެއް އުންމަތެކެވެ.

ކަންމިހެން ހުރި އިރު އަނިޔާއާއި ދެކޮޅަށް އެންމެން ނުކުންނަމާ ހިނގާށެވެ. ތިމާގެ މުސްލިމު އަހާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެމާތޯއެވެ. މާތް ﷲ ސީރިއާގެ މުސްލިމުންނަށް ނަސްރުދެއްވާ ދުޝްމަނުންގެ އަނިޔާވެރިކަމުން ސަލާމަތް ކޮށްދެއްްވާށި! އާމީން.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ެަލިބޭބެ

  އަހުރެމެންގެ އަހުން އުހުތުން ނޭ ލިއުމަކުން ބުނެލީމާ ފުދުތޯއެވެ! އެ އަހުން އުހުތުން ޅަދަރިން ނާ އަޅާލަން ދާ މީހުން ނައް ތިޔަ ގޮވަނީ އެ ކާފަރުތަކުން ގެ ދުލުން ޓެރެރިސް ހައްދު ފަހަނަ އެޅި އިސްލާމުންނޭ އެކާފަރުން ނައް ގެއްލުމެއް ލިބޭއިރައް އެވެރިންނާ އެއްބައިވެ އެބައިމީންނައް ތިޔަ އޮއްސަނީ ހަމްދޜުދީގެ ބަސްތަެވެ ފޮނުވަނީ އެކިސިފަސިފައިގެ އެހީތަކެވެ. ކިޔަނީ އަހުރެނކީ މޮޑަރޭޓް މުސްލިމުންނޭ.

 2. ޔޫސުފް

  ޣޫޠޯގެ ރައްޔިތުންގެ ފާފަފުއްސަވާ ހެޔޮރަޙްމަތް ލައްވާ، ކެތްތެރިކަމާއި، ރައްކާތެރިކަން ދެއްވާށި. ޢަދި މުސްލިމް މުޖާހިދުންގެ ބާރު ގަދަކޮށްދެއްވާ ނަޞްރު ދެއްވާށި. އާމީން.

 3. ސަމާ

  ތިވާހަކަ އަޑު އަހާނެ ބަޔަކު ނުވާނެ. ދިވެހިންނަކީ އިސްލާމުންގެ ނަމުގައި ތިއްބަސް އިސްލާމުންނެއް ނޫން. ނިކަން އަޅެ ސިޔާސީ ވާހަކައެއް ދައްކަބަލަ. ހުންނާނެ ކުޅިވަރު ފެންނަން.

 4. އހ

  އެތަނުގައިވާ އިދިކޮޅު ފަރާތްތަކުން ކީއްތޯ އަމާން ދީފިއްޔާމް. މިހާރު އެގައުމުގައިވާ އަސްލު މުސްލިމުން އޮޅިއްޖެ. ހުޅަގުން އަސްލު މުސްލިމުންނަށް މަދަދުވެރި ނުވާނެ ހަމަގައިމް ވެސް

 5. ޙުސައިން މ. މުލި

  ކޮބާ އެމް. ޑީ. ޕީ ކީއްވެ ތި ތިބެނީ