ދިރުން ހުރެދާނެ ކަމަށް ލަފާ ކުރެވޭ ދެ ގުރަހައެއް ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާސިސްޓަމް) ގެ ބޭރުން ހޯދައިފިއެވެ. ގުރަހަޔަކީ އިނގިރޭސި ބަހުން ކިޔާ ނަމަ ޕްލެނެޓެވެ.

ނާސާގެ ޓްރާން ސިޓިން އެކްސޯ ޕްލެނެޓް ސާވޭ ސެޓްލައިޓުން ހޯދި މި ގުރަހަ އަށް ކިޔަނީ ސުޕަ އާތް އަދި ހޮޓް އާތް އެވެ. މި ދެ ގުރަހަ ހޯދާފައިވަނީ ދުނިޔެ ހިމެނޭ ސުރޫދަ ނިޒާމުގެ 46 އަލި އަހަރު ދުރުންނެވެ.

މި ސެޓެލައިޓުން މި ވޭތުވެދިޔަ 20 އަހަރު ތެރޭ 3,700 އަށް ވުރެން ގިނަ ގުރަހަ ހޯދައިފައިވާ އިރު މީގެތެރެއިން ގިނަ ގުރަހަ އަކީ ދިރުން ހުރުމަށް އެކަށީގެންވާ މާހައުލެއް އޮތް ގުރަހަތަކެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ދިރުން ހުރި ކަމަށް ލަފާކުރެވޭ ގުރަހަ ހޯދާ ނާސާގެ މި ސެޓެލައިޓުގެ މަސައްކަތަކީ 20 އަހަރު ދުވަހަށް ވުރެން ދިގު މަސައްކަތެކެވެ. އެހެންނަމަވެސް ޓެސްއިން ކެޕްލާރ ސްޕޭސް ޓެލެސްކޯޕްއަށްވުރެ ދުރު ރާސްތާއެއް އެ ސެޓެލައިޓްގެ ދިރާސާގައި ބަލާނެއެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ގުރަހަ ތެރެއިން ސުޕަ އާތު ގުރަހާގައި ދުނިޔެ އާއި ދާދި އެއްގޮތް ސިފަ ތަކެއް ހުރުން އެކަށީގެންވެއެވެ. ސަބަބަކީ މި ގުރަހަ އޭގެ ތަރި ވަށައިގެން ދައުރު ކުރަނީ ދިރުން ހުރުމަށް އެކަށީގެންވާ ދުރުމިނެއްގައި ކަމަށް ވާތީ އެވެ.

ނާސާއިން އަންނަނީ އޭލިއެން ލައިފު ހޯދުމަށް އޮބްޒަވޭޓަރީތައް އިމާރަތް ކުރަމުންނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޔޫރޯޕާއަށް މިޝަން އެއް ލޯންޗު ކުރުމަށް ނާސާއިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮރު

    ޝުކުރިއްޔާ ޔާމިން

  2. މަރިީ

    ތި ގުރަހަ ތަކުގެ ވާހަކަ މީގެ ދެހާސް އަހަރު ކުރިން އޮތީ އަހަރެމެންގެ ލޮބުވެތި ... އަށް އަންގަވާފަ