ކެނެޑާގެ ވެރިރަށަށް ބާރުގަދަ ނަގޫ ރޯޅިއެއް އަރައި އެސިޓީ ސުންނާފަތި ކޮށްލައިފިއެވެ.

ނަގޫ ރޯޅި އެރުގެ ސަބަބުން ކެނެޑާގެ ވެރިރަށް ކިއުބެކްގެ ގިނަ އަދަދެއްގެ ގެތަކަށާއި ގަސްގަހާއި ގެހި އަދި މަގުމަތީގައި ހުރި ކާރުތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ކެނެޑާގެ ކިއުބެކްގެ ސިޓީ މޭޔާ ވިދާޅުވީ އެ ސިޓީގެ ބޮޑު ސަރަހައްދެއް ހީވަނީ ބޮޑު ހަނގުރާމައިގެ މައިދާނެއް ހެންނެވެ. މި ނަގޫ ރޯޅީގެ ސަބަބުން ކިއުބެކްގެ 150000 މީހުން ކަރަންޓާއި ނުލާ އުޅޭއިރު 5 މީހުންނަށް ދަނީ މި ނަގޫރޯޅީގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ބާރުގަދަ ނަގޫރޯޅީގައި 40 ގެ 215 އިމާރަތް އަދި 1686 ހައުސިން ޔުނިޓަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ކެނެޑާގެ ވެރިރަށުގެ ރައްޔިތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ނަގޫ ރޯޅި އެރި ސަރަހައްދު ހީވަނީ ބޮމެއް އަޅާފައި އޮތް ސަރަހައްދެއް ހެންނެވެ.

މި ނަގޫ ރޯޅީގައި 137 މޭލު ބާރު މިނުގައި ވައިޖެހުނު ކަމަށް ރެކޯޑް ކުރެވުނު އިރު މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ކެނެޑާގެ ރެޑްކުރަސެޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކެނެޑާއަށް އެރި މި ނަގޫރޯޅި އެރުމުގެ މިހާދިސާގެ ސަބަބުން ނަގޫރޯޅި އަކީ ކިހާ ނުރައްކާތެރި ބާރުގަދަ އެއްޗެއް ކަން ހާމަވެގެން ދެއެވެ. ނަގޫރޯޅިއަކީ ބާރުގަދަ ތޫފާން ތަކުގައި އާއި ވައިބާރު ދުވަސްވަރު އުފެދޭ އެއްޗެކެވެ. މޫސުން ރަގަޅު ދުވަސްވަރުވެސް ވައިގެ ޕްރެޝަރު ހުރި ގޮތަކުން ނަގޫރޯޅިއެއް އުފެދުމަކީ ދުރުކަމެއް ނޫނެވެ.

ދުނިޔޭގެ އެކި ސަހައްދުތަކުގައި ނަގޫ ރޯޅިއެރުމުގެ ހާދިސާ ތަކުގައި ކޮންމެ އަހަރަކުވެސް އެތަށް ބަޔަކު މަރުވެއެވެ. ހާއްސަކޮށް އެމެރިކާއަކީ އެންމެ ގިނައިން ނަނގޫ ރޯޅި އަރާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮބާ މުޖު ނައީމް.....އެގޮލާ ބުނީ ޏޯ ގޮޑް އޯ.......

  2. ޢަލްހަމްދުﷲ

  3. އެއީ މާތްﷲ ގެ އިންޒާރު. ކެނެޑާ އަކީ ނުބައި ވެރިން ތިބޭ ގައުމެއް

  4. ސިޓީ އަކީ އަވަށް ؟!!