ދެކުނު ކޮރެއާގައި އޮތް ފިނި މޫސުމުގެ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމަށް ނިންމި ނިންމުމާއިއެކު ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ދުނިޔެ ނިމިގެންދާފަދަ ނުރައްކާތެރި ހަނގުރާމައަކުން ސަލާމަތްވެ އުތުރު ކޮރެއާގެ ނިއުކްލިއާރ ޕްރޮގްރާމް ސުލްހަވެރިކަމާއިއެކު ނިމުމަކަށް ގެނައުމުގެ ފުރުސަތެއް އެބަ އޮތްކަމަށް ލަފާކޮށްފައެވެ.

މި ފަރާތްތަކުން މިހެން ބުނި ސަބަބަކީ އުތުރު ކޮރެއާ އަކީ މީގެ ކުރިން ދުވަހަކުވެސް މިފަދަ ގޮތަކަށް ސުލްހައަށްޓަކައި މަސައްކަތްކޮށްފައިވާ ގައުމެއްކަމުގައި ނުވާތީއެވެ. މި ކުރިއެރުންތަކުގެ ފަހަތުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިންގެ ބޮޑު ދައުރެއް އޮތް އިރު ދެކުނު ކޮރެއާގެ މައި އެކުވެރިޔާ އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދުގައި އޮންނަ ގުޅުންތައްވެސް ކޮންމެވެސް ވަރަކަށް ވަނީ ފިނިވެފައެވެ.

އެމެރިކާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ދެމެދުގައި ހިނގަމުންދިޔަ ބަހުގެ ހަމަލާތައް ހުއްޓުމަކަށް އައިސްފައިވާއިރު ދެ ފަރާތުންވެސް ވަނީ ސުލްހަވެރިކަމަށްޓަކައި ވާހަކަތައް ފެށުމަށް ތައްޔާރަށް ތިބި ކަމުގެ ފެހި ސިގްނަލް ދީފައެވެ.

ފާހަގަކޮށްލަމާތޯ؟ މި ދެ ގައުމަކީ އެތައް މިލިއަން ބަޔަކު އެއް ފަހަރާ މަރާލެވޭ ފަދަ ހަތިޔާރު ބޭނުންކޮށްގެން އެއް ގައުމުން އަނެއް ގައުމަށް ހަމަލާދިނުމަށް މީގެ މަދު ހަފްތާތަކެއް ކުރިން އިންޒާރު ދެމުންދިޔަ ދެ ގައުމެވެ. މި ކުރިއެރުންތަކުގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ފަރާތަކީ ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިންއެވެ. ރައީސް މޫން ގެ މި މަސައްކަތަށް އޭނާއަށް ނޯބެލް ޕީސް އެވޯޑެއްވެސް ލިބިގެންދިޔުމަކީ ވަރަށް ޔަގީންވެފައިވާ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތު މީހާ

    ޔާމީނު ސަލާމަތް ކޮށްދިނީ

  2. މާކުންބެ އައްނި. ލޯޑް އައްނި

  3. ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމާމެދަކު ޝައްކެއްނެތް.

  4. ތިކަހަލަ ހުރިހައިކަމަކުން އަޅަމެން ސަލާމަތް ކޮށްދެއްވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމާމެދަކު ޝައްކެއްނެތް. އެކަމަކު ކޮންމެވެސް ސަބަބެއް މެދުވެރި ވެގެންނެވެ. މިފަހަރު ތިގޮތަށް ދިމާވީ.

  5. ޓްރަންމްޕް ގެ އިންޒާރުން ނޯތު ކޮރެއާނޭމެން ސައިޒްވީ. ޓްރަންމްޕް ހަގީގީ ބަތަލަކީ

  6. އުމަރުނަސީރަށް ތިޔަކަންވާނީ. ބޮޑުހަނގުރާމައެއް ކީއްކުރަންތޯ ނިއުކްލިއަރއަށް ވެސް އޮންނާނީ އުމަރުގެ އުމަރުގެ އެލާމްސްގެ އޯޑަރު.