މުސްލިމުންގެ މުދަލަށާއި ގެދޮރަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ސްރީލަންކާގެ ބުޑިސްޓު ހާމުދުރުން ލަންކާގެ ވެރިރަށް ކޮލޮންބޯގައި އިއްޔެ މުޒާހަރާ ކޮށްފިއެވެ.

ބުޑިސްޓު ސުލްހަވެރިކަމާއެކު އިށީނދެގެން ތިބެ ކުރި އިހުތިޖާޖުގައި، މުސްލިމުންނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރި ކޮށްފައި ވެއެވެ.

ދަ ނޭޝަނަލް ބިއްކޫ ފްރަންޓުން އިންތިޒާމު ކުރި މި މުޒާހަރާ ގައި އެމީހުން ބުނަމުންދިޔައީ، ސްރީލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމީ އެއްބައިވަންތަކަން ގެއްލެމުންގެންދާ ކަމަށެވެ.

އިއްޔެ ބުޑިސްޓުން ވަނީ ހުކުރު ނަމާދާ ދިމާކޮށް މިސްކިތްތަކަށް ޒިޔާރަތް ވެސް ކޮށްފައެވެ. މި މަންޒަރުތައް ފެންނަ އެތައް ފޮޓޯއެއް މީސް މީޑިއާގައި ދައުރުވެފައިވެއެވެ.

މިދިޔަ ހޯމަދުވަހު ކެންޑީގެ އަވަށެއްގެ މަގުމަތީގައި ހިނގި ދެބަސްވުމެއްގައި މުސްލިމު ބައެއްގެ އަތުން ލިބުނު ޒަހަމުތަކަކަށް ފަރުވާ ދެމުންދަނިކޮށް ސިންހަޅައަކު މަރުވުމާ ގުޅިގެން ސިންހަޅަ ހަރުކަށި ގްރޫޕްތަކުން ވަނީ ރަށުގެތެއަށް ނުކުމެ، މުސްލިމުންގެ އެތައް ގެދޮރާއި، ފިހާރަތަކާއި މިސްކިތްތަކުގައި ހުޅުޖަހައި އަންދާލާފައެވެ.

މައްސަލަ އިތުރަށް ގޯސްވެގެންދިޔައީ ބުޑިސްޓުން އަނދާލި ގެއެއްގެ ތެރެއިން މުސްލިމެއްގެ ހަށިގަނޑު ފެނުމާ ގުޅިގެންނެވެ. މި ހަމަނުޖެހުންތައް މުޅި ސްރީލަންކާއަށް ފެތުރިގެން ހިނގައިދާނެ ކަމުގެ މަންޒަރުތަކެއް ފެންނާން ފެށުމުން ސްރީލަންކާ ސަރުކާރުން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

ލަންކާގެ އާބާދީގައި 21 މިލިއަން މީހުން ހިމެނޭއިރު، %75 އަކީ ސިންގަޅައިންނެވެ. ސިންގަޅަ އާބާދީގެ ބޮޑު ނިސްބަތަކީ ބުދިސްޓުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއައްޑޫ ސޯ

    އީޔޫ،އދ،އެމެރިކާ،އިގިރޭސިން،ކޮބާ،ނުފެނޭތަ

  2. ޖިންނި

    ޝުކުރިއްޔާ

  3. ސަމާސާ

    މުސްލިމުން މަރުވަމުން ދަންޏާ އެއީ ޑިމޮކްރަސީ އާއި އެއްގޮތައް ގެންދާ ހަރަކާތެއް.

  4. ހުދާ

    .އަލްހަމްދުﷲ

  5. ޙުސައިން މ. މުލި

    ކޮބާ ވައްޓާލި ރައީސް ކީކެ މިކަމާ ބުނަނީ ކަލޯ ނުފެންނަނީތަ