އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދު ވެއްޖެއެވެ.

މިދިޔަ މާޗް މަހުން ފެށިގެން ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ ހަ މީހުން ޝަހީދުކޮއްލައި 500 އަށް ވުރެން ގިނަ މީހުން ޒަހަމް ކޮއްލާފައެވެ.

އިސްރާއީލުން ޝަހީދު ކޮށްލި މީހުންގެ ތެރޭގައި އުމުރުން 14 އަހަރާއި އަދި 12 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ. އެ ކުދިން ޝަހީދުކޮއްލާފައި ވަނީ އިސްރާއީލުގެ ސްނައިޕަރަކު އޭނާގެ މެޔަށް ބަޑި ޖަހައިގެންނެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

މި ޖަރީމާތަަށް ކުށްވެރި ކުރުން ފިޔަވާ އިތުރު ކަމެއް އދ އިން ނުކުރެއެވެ. ދާދި ފަހުން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 180 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 20000 ވުރެން މައްޗަށް އަރައެވެ.

އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވި ދުވަސްކަމަށްވާ މެއިމަހުގެ 14 ވަނަ ދުވަހު އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 65 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް އާންމުން ޒަޚަމްކޮށްލާފައި ވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ އެތަށް ބަޔަކު ޝަހީދު ކުރަމުންދާއިރު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ އަތުން އަތުލައިގަނެފައިވާ ބިންތަކުގައި އިސްރާއިލުން، އިސްރާއިލުގެ ރައްޔިތުން ވަޒަންވެރިކުރުވުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.، އެ މައްސަކަތް ހުއްޓައިލުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުވެސް ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލޯ

    ޝަހީދޭނު ތިބުނީ. އޯކޭ ނޫންތަ؟

    • ފިނޑި

      ލަދު ކޮބާ. ކަލެ އައްވުރެއް އެކުދިންވެސް ކެރޭނުން. އޯކޭ ވާނެ ޖާހިލުންނަށް.

  2. ޢަހްމަދު ގެ އީވާ

    ތަފާތު ކުތުމެއްނެތި ގުޅުންބޭއއވީމަ ނިމުނީ