ިޒްރާއިލުން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ހިބްރޫނުގައި، ފަލަސްތީނު ރައްޔިތުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއަށް، އިޒްރާއިލުން ބަޑި ޖަހާ، ހިންގި ލާއިންސާނީ ޢަމަލެއްގައި ސިކުނޑީގައި އުނިކަން ހުންނަ މީހަކު މަރާލައިފިއެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ނަމުގައި، ބަޑި ޖަހާ މަރާލާފައިވާ މީހާގެ ނަމަކީ މުޙައްމަދު ޒައިނުލް ޖަބަރީކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީންވަނީ ބުނެފައެވެ. 24 އަހަރުގެ މި މީހާގެ ސިކުނޑީގައި އުނިކަން ހުންނައިރު، އިޒްރާއިލުގެ އަނިޔާވެރި ސިފައިން، ބަޑި ޖަހާފައިވަނީ މުޙައްމަދު މެއަށެވެ.

"އަލް ޖަޒީރާ" އިން ބުނެފައިވާ ގޮތުގައި މި މީހާއަކީ، ހުޅަނގު އައްސޭރީގައި މި މީހާ އުޅޭ ސަރަޙައްދުގައި ބާއްވާ މުޒާހަރާތަކަށް އެންމެ ކުރިން އަންނަ، އެކަންކަމުގެ އެންމެ އިސް ސަފުގައިވެސް ހަރަކާތްތެރިވާ މީހެކެވެ.

މުޙައްމަދު އާއިލާއިންވެސް ބުނާގޮތުގައި އެއީ އެމީހުންގެ އާއިލާގެ ޝަރަފެކެވެ. އެހެންކަމުން، އޭނާ މަރާލުމަކީ ކެތްކުރެވޭނެ ކަމެއް ނޫންކަމުގައިވެސް އެފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް، މިއީ މާތް ﷲ ގެ ނިންމެވުންކަމަށާއި އެހެންކަމުން، މިކަމާމެދު އިތުރަށް ވާހަކަ ނުދައްކާނެކަމަށް މުޙައްމަދުގެ އާއިލާއިން ބުނެފައިވެއެވެ.

މުޙައްމަދުގެ ހަތަރު އަހަރުގެ ދަރިއެއް ހުންނައިރު، އޭނާ މަސައްކަތް ކުރަމުން އައީ ކޮންސްޓްރަކްޝަން ސައިޓެއްގައެވެ. އޭނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ބައިވެރިވެފައެވެ.

މި މުޒާހަރާއަކީ، އިޒްރާއިލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ކަނޑައަޅަން އެމެރިކާގެ އަނިޔާވެރި ރައީސް ނިންމި ނިންމުމާ ދެކޮޅަށް ކުރި މުޒާހަރާއެކެވެ.މި މުޒާހަރާއަކީ، އިޒްރާއިލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ކަނޑައަޅަން އެމެރިކާގެ އަނިޔާވެރި ރައީސް ނިންމި ނިންމުމާ ދެކޮޅަށް ކުރި މުޒާހަރާއެކެވެ.މި މުޒާހަރާއަކީ، އިޒްރާއިލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ކަނޑައަޅަން އެމެރިކާގެ އަނިޔާވެރި ރައީސް ނިންމި ނިންމުމާ ދެކޮޅަށް ކުރި މުޒާހަރާއެކެވެ.