އިންޑޮނޭޝިޔާއަށް އެރި ބިންހެލުމާއިއެކު ރަށެއް ގެއްލިފައިވާ ކަމުގެ ބިރު ބޮޑު ވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލިފައިވާކަމަށް ޝައްކު ކުރެވިފައިވަނީ އިންޑޮނޭޝިޔާގައި ވަކިން އޮންނަ ޑޮންގައްލަ ސަރަހައްދެއް ކަމަށެވެ. އަދި މިރަށުގައި އުޅޭ އެއްވެސް މީހެއްގެ ޚަބަރެއް ވެފައިނުވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި މިސަރަހައްދަކީ މަސްވެރިންނާއި އެމީހުންއުޅޭ ސަރަހައްދެއް ކަމަށާއި އެސަރަހައްދާއި އެއްވެސް ކަހަލަ މުވާސަލާތީ ގުޅުމެއް ނެތް ކަމަށެވެ. އަދި އެޤައުމުގެ ކަމާބެހޭ އިދާރާތަކުން މިރަށުގައި ދިރިއުޅޭ މީހުންގެ ހާލު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް މިމަސައްކަތް ކުރެވިފައިނުވަނީ ހާލުގައި ގިނަ ބަޔަކު ޖެހިފައިވާތީ ގިނަ ސިފައިންތަކެއް އެމީހުންނަށް އެހީތެރިވުމުގައި އުޅޭތީ ކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ. މިސަރަހައްދުގައި 300،000 އެއްހާ މީހުން ދިރިއުޅެއެވެ.

އިންޑޮނޭޝިޔާއަށް މިހާރު އަންނަމުންދާ ބިންހެލުންތަކާއި އެރި ސުނާމީގެ ސަބަބުން ގިނަ ބަޔަކު ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. އިމާރާތްތަކުގައި ދަށުވެގެންނާއި އިތުރު އެހެންވެސް ސަބަބުތަކުގެ ސަބަބުން ގިނަ ބަޔަކުވަނީ މަރުވެފައެވެ. މިހާރު މަރުވި މީހުންގެ އަދަދު 384 ކަށް އަރާފައިވާއިރު، ގިނަ ބަޔަކު ގެއްލި އެތައް ބަޔަކަށްވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. ބިންހެލުމުގައްޔާއި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުސްލިމް

    މާތްﷲގެ ހެޔޮރަހުމަތްފުޅު މަރުވިމީހުންނަށް ލައްވަވާށި ދިރިތިބީންނަށް ކެއްތެރިކަމާއި ޝިފާ ދެއްވަވާށި އާމީން

  2. މުހައްމަދު

    ﷲގެކުޅަދުން ވަންތަކަން ތަހައްމަލްކުރަނުން ގެންދާ ހިތާމައިގައި ކެއްތެރިކަން ދެއްވާށި އާމީން

  3. އަފްލާ

    މިފަދަ ހާދިސާތަކުން އިބްރަތް ލިބި ހުރިހާ މުސްލިމުން އެކަތި ގަނދެއް ކަމުގައި ލައްވައިފާދެވެ. ޢާމީން

  4. ގަމާރުމޯލްޑިވިއަން

    އިންޑިޔާއަށް ކީއްވެ ނައީ.މުސްލިމު އިންޑޮނޭށިޔާއަށް މި އަޢީ

    • ކިޔާ

      ތިސުވާލުގެ ޖަވާބުގަ ބުނެލަން އޮތީ ތިބާއަށް ތިކިޔާ ނަމެއްގެ ސަބަބުން ކިތަންމެ ވަރަށް ބުނެދިނަސް އެނގޭނެހެނެން ހިޔެއްނުވޭ!!!

  5. ބަތޭ

    އިންޑޮނޭޝިޔާ. މީހުން ތަންކޮޅެއް ރަނގަޅު ވެލާބަ