އެމެރިކާގެ ނޯތް ކެރޮލައިނާއަށް އެރި ތޫފާނުގެ ސަބަބުން އެސަރަހައްދުގައި އާދަޔާ ޚިލާފަށް ބޮޑެތި މަދިރި އުޅޭ ކަމަށް އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުޔޯކް ޕޯސްޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަދިރިތައް އާދައިގެ މަދިރި ތަކަށްވުރެ ސައިޒުން ތިން ގުނަ ބޮޑެވެ. އަދި މި މަދިރި ތަކަކީ އެޤައުމަށް ކުރި ވިއްސާރައިގެ ސަބަބުން އުފެދިފައިވާ ފެންގަނޑުތަކުގެ ސަބަބުން އުފެދުނު މަދިރި ތަކެއް ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ނޫހުގައިވެއެވެ.

ނޯތް ކެރޮލައިނާގެ ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ އެންޓޯޓޮ މޮލޮޖިސްޓް މާހިރު، މައިކަލް ރެސިގްޓެން އާ ހަވާލާދީ ނިއުޔޯކް ޕޯސްޓްގައި ބުނެފައިވަނީ މިއީ އާދަޔާ ހިލާފަށް ބޮޑެތި މަދިރި ތަކެއް ކަމަށާއި މި މަދިރި ތަކަކީ އެހެން މަދިރި ތަކާއި ޚިލާފަށް ދެ ފޮތީގެ ފޭރާމުގެ ތެރެއިންވެސް ލޭ ބުއިމުގެ ޤާބިލްކަން ލިބިފައިވާ މަދިރި ތަކެއް ކަމަށެވެ.

އަދި އޭނާ ބުނެފައިވަނީ އެ ސަރަހައްދަށް އެރި ތޫފާނުގެ ސަބަބުން އެސަރަހައްދުގައި އުޅޭ މަދިރީގެ ނިސްބަތް އެތައް ސަތޭކަ ގުނަ އަކުން އިތުރުވެފައިވާ ކަމަށާއި މިއީ ޙައްލު ކުރަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އަދި މިކަން މިގޮތަށް ދިމާވެފައިވަނީ މަދިރި އާލާވި ދުވަސްވަރު އެ ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާތީ ކަމަށްވެސް އޭނާ ބުނެއެވެ.

އެމެރިކާގެ ނޯތް ކެރަލޮއިނާއަށް އެރި ތޫފާނުގައި އެޤައުމަށް ގިނަ ގެއްލުންތަކެއް ލިބިފައިވާއިރު، އެގެއްލުން ތަކުން އަރައިގަތުމަށް 4 މިލިޔަން ޑޮލަރުގެ ބަޖެޓެއް އެ ސްޓޭޓުގެ މޭޔަރ ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ތިވާނީ މުސްލިމުން ފޮނުވި މަދިރި ތަކެއް ކަމަށް ، އަވަހަށް އިސްލާމީ ޤައުމެއް ސުންނާފަތި ކޮށްލާ