"ނުފެންނަ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕް ސިފަކޮށްފައިވާ މިލިޓަރީ ފައިޓަރ ޖެޓް ވެއްޓުމުން ގިނަ ބައެއްގެ މަލާމާތް ޓްރަންޕްއަށް އަމާޒުވެއްޖެއެވެ.

މިދިޔަ އަހަރު ނޮވެންބަރ މަހުގެ ތެރޭގައި ޓްރަންޕް ވާހަކަ ދައްކަމުން ބުނެފައިވަނީ އެމެރިކާގެ އަސްކަރިއްޔާއަކީ ބާރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެމެރިކާގެ އަސްކަރިއްޔާގެ އަތުގައި ހުންނާނީ ޒަމާނީ އުޅަނދުތަކެއް ކަމަށެވެ. އަދި ބުނެފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ މިލްކިއްޔާތުގައި އެހެން މީހުންނަށް ނުފެންނަފަދަ ފްލައިޓް ވާ ކަމަށާއި F-35 އަކީ މީގެ މިސާލެއް ކަމަށެވެ. އޭނާ އެދަވަހު ބުނެފައިވަނީ، އަސްކަރިއްޔާގައި އުޅޭ މީހުން ކުރެން މައުލޫމާތު ހޯދާފައި ކަމަށާއި މިއީ މުޅިން "އިންވިސިބަލް" އެއްޗެއް ކަމަށެވެ. އަދި ނުފެންނަ އެއްޗަކާ ހަނގުރާމަ ކުރާނީ ކިހިނެތްތޯ ޓުރަންޕްވަނީ ސުވާލު ކުރައްވާފައެވެ.

ޖެޓް ވެއްޓިފައިވާ ސަރަހައްދު

ޓްރަންޕް މިމޭރުމުން ވާހަކަ ދައްކާފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ F-35 މަރަކާގެ ފައިޓަރ ޖެޓެއްވަނީ މިދިޔަ ހުކުރު ދުވަހު ވެއްޓިފައެވެ. އެމެރިކާގެ ވައިޓްހައުސްއިން މިކަން ކަށަވަރުކޮށްފައިވާއިރު، ވައިޓްހައުސްއިން ބުނީ މިޖެޓް ވެއްޓިފައިވަނީ 11:40 ކަން ހާއިރު ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް އާއްމު މީހެއްގެ މުދަލަކަށް އަދި އާއްމު މީހަކަށްވެސް ގެއްލުން ވެފައިނުވެއެވެ. ޖެޓް ވެއްޓުމުގެ ކުރިން ދުއްވަންއިން ޕައިލެޓް މީހާވަނީ އެއިން ފުންމާލާ، ސަލާމަތްވެފައެވެ. މިޖެޓް ވެއްޓިފައިވަނީ އެމެރިކާގެ ނޯތް ކެރަލޮއިނާ އަށެވެ.

F-35 ގެ ޖެޓް

މިއީ F-35 ގެ ޖެޓެއް މިގޮތަށް ވެއްޓުނު ފުރަތަމަ ފަހަރެއެވެ. އަދި މިއާއެކު އޭގެ އަގު 5.4 އިންސައްތަ އަށް ވަނީ ވެއްޓިފައެވެ. މިހާރު މީގެ ޖެޓްއެއްގެ އަގު އުޅެނީ 89.2 މިލިޔަން ޑޮލަރުގައެވެ. މިއީ މިޖެޓްގެ އަގު 90 މިލިޔަންއަށްވުރެ ދަށައް ވެއްޓުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. F-35

    ނުފެއްނަ ޖެޓް އެމާނަކުރަނީ ލޮލަށް ނުފެއްނަ ޖެޓަކައްވާތީކީނޫން... އެއީ ސްޓެލްތް ފައިޓަރ އަކައްވީމަ ރާޑަރ ތަކައް ހޯދަން އުދަގޫވީމަ ބުނާއެއްޗެއް...މިޔަކީ ރަސިޔާގެ Yak-141 ފަދައިން ވާޓިކަލް ޓޭކް އޮފް ޕްރޮޓޯޓައިޕްގެ މައްޗައް ބިނާކޮށް ޑިވެލޮޕް ކުރެވޭ އެމެރިކާގެ ފައިޓަރއެއް