ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ އޯޝަނިއާގެ ޤައުމެއް ކަމަށްވާ ފިޖީއަށް ދާދިދެންމެއަކު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމިލިޖިކަލް ސެންޓަރުން ހާމާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިއީ ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ދުނިޔެއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ފިޖީގެ އައްސޭރީގެ ސަރަޙައްދެއްގެ ބިމުގެ 591 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ ބާރުމިން، މެގްނިޓިއުޑް މިންގަނޑުން 7.0 އަށް އަރާކަމަށް ކުރިން އިދާރާތަކުން ބުނި ނަމަވެސް، މި ބާރުމިން މިހާރު ވަނީ 6.8 އަށް ދަށްކޮށްފައެވެ.

މި ބިންހެލުމާއި ގުޅިގެން ފިޖީއަށް ލިބުނު ގެއްލުމެއް އަދި ކަމާއި ބެހޭ ފަރާތަކުން ރިޕޯޓްކޮށްފައި ނުވާއިރު، މި ބިންހެލުމާއި ގުޅިގެން އަދި ސުނާމީގެ އިންޒާރެއް ނެރެފައި ނުވެއެވެ.

ފިޖީއަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސްފައި މިވަނީ، މިދިޔަ ހުކުރު ދުވަހު އިންޑޮނޭޝިއާއަށް، މެގްނިޓިއުޑް މިންގަނޑުން 7.5 ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ގެއްލުން ބޮޑު ސުނާމީއެއް އެޤައުމުގެ ބައެއް ސަރަޙައްދުތަކަށް އަރައި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވަނިކޮށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުން އަންނަމުން ދެއެވެ. މިއީ ދުނިޔެ ކުރިން ނުދެކޭފަދަ ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ ފަހުގެ ނިޝާންތައް ކަމަށް ކުރިން ސައިންސްވެރިން ބުނެފައި ވެއެވެ. އެ ބިންހެލުން އަންނާނެ ތަނެއް ސީދާ އެފަރާތްތަކަށް ނޭނގޭއިރު، އެ ބިންހެލުމާއި އެކު އުފެދޭ ބޮޑު ސުނާމީއަކަށްފަހު ލިބޭ ގެއްލުމުގައި ދުނިޔޭގެ ޗާޓަށްވެސް ބަދަލު އަންނާނެ ކަމަށް ބުނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާ

    ސުބުހާނަﷲ ހާދަ ގިނަ ބިންހެލުންތަކެކޭ. ގިޔާމަތުގެ އަލާމާތްތައް

  2. މަވޯޓާ

    ޤިޔާމަތު އަލާމާތްތައް ބިންހެލުން ގިނަވާނެ، ފާޚިޝްކަންތަކާއި މުންކަރާތްތައްވެސް ގިނަވާނެ!

  3. ހިދާޔާ

    . އިންސާނުންގެ އަމަލްތައްނުބައިވެ ހައްގެއނުހައްގެ ނުބަލާ ދުނިޔެއާއިގެން ތެޅިބާލާނެ. މިދުނިޔެއަކީ ހުރިހާއެއްޗެއްކަމުގާބަލާނެ. ޙަވާނަފްސައްހެއްލި ހަރާމެއްހަލާލެއްނުބަލާ މިދުނިޔެއާއިގެން އިންސާނުން އަވަދިވާނެ. ދީނެއްމިއްލަތެއްމަޒްހަބެއް ރައްބީއެއްރަސޫލެއް ނުދަންނަ މީހުން ތަހުތާއިތާޖުގެވެރިންނާއްވާނެ . އެމީހުންގެފަހަތުން މީސްތަކުން ލިބިދާނެމޮޅާގެން އަވަދިނެތިއުޅޭނެ. ނަމާދެއްރޯދައެއް ހައްޖެއް ޒަކާއަތެއް ފަރުލެއް ސުންނަތެއް ގިނަ ޒުވާނުންނަކައްނޭންގޭނެ. އެކިނަންނަމުގަ ފާހިޝްފާޖިރު އަމަލްތަކައްމަގުދައްކާމަގުކޮށައިދޭވެރިން އެއީމާތް މީހުންކަމުގަ މީސްތަކުންނައްފައްސޭހަކާމާއެކުގަމޫލުކުރެވޭނެ. ސުބްހާނައްﷲ. ﷲއަކްބަރް ﷲއަކްބަރް. ހިތާމަކުރަނީ މިފަދަ ކޮމެންޓް ކުރުމުން ޖަހައިނުދޭތީ.

  4. މ

    ސުބުހާނަﷲ