ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެއްވުމުން މޮރިޝަސްގެ ރައިސާ އަމީނާ ގުރީބް ފާކިމް އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ބުނެފިއެވެ.

މޮރިޝަސްގެ ރައީސާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ޗެރިޓީއަކުން ދިން ބޭންކް ކާޑެއް ބޭނުންކޮށް، އަމިއްލަ ބޭނުމަށް 10،000 އަށް ވުރެ ގިނަ ޑޮލަރުގެ މުއާމަލާތްތަކެއް ކުރެއްވިކަމުގެ ތުހުމަތުތެކެއެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތަށް އިންކާރު ކުރައްވާފައެވެ.

ރޮއިޓާސް އަށް މައުލޫމާތު ދެމުން މޮރިޝަސްގެ ރައިސާ އަމީނާ ގުރީބް ފާކިމް ވިދާޅުވީ އޭނާ އެފަދަ ކަމެއް ނުކުރައްވާ ކަމަށާއި ތުހުމަތު ތަކާއި އެކުގައި އެކާޑުގައިވާ ހުރިހާ ފައިސާއެއް އަނބުރާ ދެއްވާފައިވާނެ ކަމަށާއި ނަމަވެސް ތުހުމަތު ތަކާއި ގުޅިގެން ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މޮރިޝަސްގެ ހަޔާތުގައިވެސް ފުރަތަމަ އަންހެން ރައީސާ އިސްތިއުފާ ދޭން ނިންމަވާފައިވާކަން އެގައުމުގެ ބޮޑުވަޒީރު ވެސް ވަނީ ކަށަވަރުކޮށްދެެއްވާފައެވެ. މޮރިޝަސްގެ ބޮޑުވަޒީރު ޕްރާވިންދް ޖުގްނައުތު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިސްތިއުފާ ދެއްވާ ވާހަކަ ރައީސާ، އެމަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ. "އެންމެ ފުރަތަމަ ޤައުމު އިސްކުރަން ޖެހޭނީ. ދިރިހުރި ޑިމޮކްރަސީ އެއް މޮރިޝަސްއިން ދައްކާތީ އަހަރެން ފަހުރުވެރިވޭ" ބޮޑުވަޒީރު ބުންޔެވެ.

މޮރިޝަސްގެ މަސްހޫރު ނޫހަކުން ވަނީ ރައިސާ އަމީނާ ގުރާބީ ފާކިމް އެކާޑް ބޭނުން ކޮށްގެން ގިނަ އަދަދެއްގެ ގަހާނާއާއި އަންނައުނު ގަތްކަމުގެ ހެއްކެއްގެ ގޮތުން ބޭންކް ސްޓޭޓްމަންޓް ތަކެއް ލީކްކޮއްލާފައެވެ. އެ ސްޓޭޓްމަންޓް ތަކުން ދައްކާ ގޮތުގައި އެކަމަނާ ވަނީ އެތަކެތި ގަތުމަށް އެތަކެއް ޑޮލަރެއް އެކާޑް މެދުވެރިކޮށް ޚަރަދުކޮށްފައެވެ.

މޮރިޝަސްގެ ރައީސްކަމަށް އަމީނާ ގުރާބީ ފާކިމް އިންތިހާބް ވެފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ އަކީ މޮރިޝަސްގެ މަސްހޫރު ސައިންޓިސްޓެކެވެ. ބީބީސީއިން މައުލޫމާތު ފަތުރާފައިވާ ގޮތުގައި އެކަމަނާ އިސްތިއުފާ ދެއްވާނީ އެގައުމުގެ 50 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފާ ހަފްލާއަށް ފަހުގައެވެ.