އިންޑޮނޭޝިޔާއަށް މިހާރު ފުލުފުލުގައި އަންނަމުންދާ ބިންހެލުންތަކާއިއެކު އެޤައުމުގެ ޕާލޫ އަވަށުގެ ބިންގަނޑުގައި ހިފެހެއްޓުމެއް ނެތް ކަމަށާއި ބިންގަނޑު "ދިޔާވަމުން" އަންނަ ކަމަށް ބޭރުގެ ނޫސްތަކުން ހާމަކޮށްފިއެވެ.

އެޤައުމުގެ ބައެއް މީހުންނާ ހަވާލާދީ ބީބީސީއިން ބުނެފައިވަނީ އެޤައުމުގެ ޕާލޫގެ ބިންގަނޑު "ލިކުއިފެކްޓް" ވެފައިވާ ކަމަށާއި މިހެންވުމުގެ ސަބަބުން ބައެއް ގެތަކާއި އިމާރާތްތަށް ބިންގަނޑާއިކު ހުރިތަނުން އެހެން ތަނަކަށް ގޮސްފައިވާ ކަމަށެވެ.

"އަހަރެންގެ ގެ ވެސް މިހާރު އެހުރީ 600 މީޓަރު ދުރުގައި. ކުރިން ހުރި ހިސާބަކު ނޫން އެހުރީ. ވީގޮތެއް ކިޔާދޭކަށް ނޭންގެ. ކުއްލިއަކަށް ބިންގަނޑު އުސްވެފައި ދުވަން ފެށީ" ބީބީސީއަށް ދިން ވީޑިއޯ އިންޓަރވިއުއެއްގައި އެޤައުމުގެ އެހިސާބަށް ނިސްބަތްވާ މީހަކު ބުނެފައިވެއެވެ.

މިގޮތަށް ޕާލޫގެ ބިންގަނޑަށް ވެފައިވަނީ އެޤައުމަށް އެރި ސުނާމީގެ ސަބަބުން ބިންގަނޑު ލޮނުވެފައިވުމުގެ ސަބަބުންނާއި ބިންގަނޑުގެ ތެއްކަން އިތުރުވެފައިވުމުގެ ސަބަބުން ކަމަށް ކަމުގެ މާހިރުން ބުނެއެވެ. އަދި ސުނާމީއަށް ފަހު އަންނަ ބިންހެލުންތަކުގެ ސަބަބުން މިފަދަ ކަންކަންވުން އެކަށީގެންވާ ކަމަށާއި ބިމުގައި ހިފެހެއްޓުމުގެ ބާރު ނެތި، ބިންގަނޑު "ދިޔާވާ" ކަމަށްވެސް ކަމުގެ މާހިރުން ހާމަކުރެއެވެ.

އިންޑޮނޭޝިޔާގެ ޕާލޫއަށް އެރި ސުނާމީގައި އެތައް ބަޔަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، އެޤައުމަށް އެރި ސުނާމީ އަދި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1،234 އަރާފައެވެ. މީގެ ތެރެއިން ގިނަ މީހުން މިހާރުވަނީ ވަޅު ލާފައެވެ. އަދި ސުނާމީގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ދަަނީ ވަރަށް ހަލުވި ކަމާއެކު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަލީި

    ﷲ އަކުބަރު

  2. ނުރަބޯ

    ސުބްޙާނަﷲ.

  3. ރައްޔިތުން

    ސުބުޙާނަ ﷲ

  4. އަން

    ދައްޖާލު ފާޅުވާނީވެސް ބިމުގެ ސަތަހަޔަށް އަންނަ ކަންތައްގަޑަކަށް ފަހު. ބައެއްމީ ހުން ކިޔާނެ ބިންހެލުމޭ، އަނެއްބަޔަކު ކިޔާނެ ސުނާމީއޭ، އަނެއްބަޔަކު އެހެން ކޮންމެވެސް ނަމެއް ކިޔާނެ. ދައްޖާލު ފާޅުވުމައްފަހު މުޅި ދުނިޔެ ފަސާދަވާނެ.

    • ޖާދޫ

      ﷲއަކްބަރު

  5. އަފްލާ

    ﷲ އަކްބަރު

  6. dhera

    ﷲއަކްބަރު

  7. މީ

    ﷲ އަކްބަރު

  8. އުމަރު

    ޝޯޝަލް މީޑިޔާވެގެން ގޮސް މިހާރު ހެޔޮ އެއްޗެއްވެސް ދުލުން ކިޔާލުމުގެ ބަދަލުގައި މީގައި ކޮމެންޓް ކޮލަނީ

    • ާނަޒަރު

      ތެދުވާހަކައެއް ތިބުނީ

  9. ޔާޓޭ

    އަންނަމަހު އެކެއްގަ ރާއްޖެއަށް ދައްޖާލުއަރާނެ

    • ޕޫލު

      ހައްހައްހާ އަންނަގޮތަށް ޕޮލިސް ލޯންޗްގަ ޖަލަށް