ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދަށްވާން މަސައްކަތް ކުރަމުން އަންނަ އަވައްޓެރި އިންޑިޔާގައި ބޭނުން ކުރަމުން އަންނަ އިންޑިޔަން ރުޕީސްގެ އަގު ވަރަށް ބޮޑުތަން ވެއްޓިފައިވާ ކަމަށް އެޤައުމުގެ އިޤްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެމެރިކާގެ ޑޮލަރުގެ އަގާ އަޅާ ކިޔާއިރު، އިންޑިޔާގެ ޑޮލަރުގެ އަގުވަނީ މިއަހަރުގެ ފެށުމާ ބަލާއިރު 12 އިންސައްތަ ވެއްޓިފައެވެ. މާހިރުން ހާމަ ކުރާ ގޮތުގައި އިންޑިޔާގެ ރުޕީސްއަށް މިހާބޮޑު ވެއްޓުމެއް ލިބިފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުން ދާ ބަދަލުތަކުގެ ސަބަބުންނެވެ.

އިންޑިޔާއަކީ 80 އިންސައްތަ ތެޔޮ އެތެރެ ކުރާ ޤައުމަކަށް ވާއިރު، ތެލުގެ އަގު މަތިވުމަކީ އިންޑިޔާގެ ރުޕީސްގެ އަގު ނުހިފެއްޓިގެން އުޅޭ ސަބަބެއް ކަމަށް މާހިރުން ހާމަކުރެއެވެ. މީގެ އިތުރުން އިންޑިޔާއަކީ ރަން، އިލެކްޓްރޯނިކް ސާމާން އެތެރެ ކުރާ ޤައުމެކެވެ. މިތަކެތީގެ އަގު އުފުލުމަކީވެސް އިންޑިޔާގެ ފައިސާ ވެއްޓުމަށް ދިމާވި ސަބަބެއް ކަމަށް ބެލެވޭ ކަމަށް މާހިރުން ހާމަކުރެއެވެ.

ރިޒާވް ބޭންކް އޮފް އިންޑިޔާއިން މީގެ ކުރިން އިންޑިޔާގެ ރުޕީސްގެ އަގު މާކެޓްގައި އެއްވަރެއްގައި ހިފަހައްޓަމުން ދިޔަ ނަމަވެސް ފަހަކަށް އައިސް އެކަން އެގޮތަށް ވާތަނެއް ނުފެނެއެވެ. އަދި ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން އިންޑިޔާގެ ރުޕީސްއަކީ މިހާރު އޭޝިޔާ ސަރަހައްދުގައި އެންމެ ދަށްކޮށް ހިނގަމުން އަންނަ އެއް ފައިސާއެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރުމުގެ އިލެކްޝަން 2019 ވަނަ އަހަރު އޭޕްރީލް މަހު އޮންނަ އިރު، ރުޕީސްގެ އަގު ދަށްވުމަކީ ރައްޔިތުން އެކަމާމެދު ހޮތްހަމަ ނުޖެހޭނެ ކަމެކެވެ. އަދި މިހާރު ބޮޑު ވަޒީރު ކަމުގައި ހުރި ނަރެންދެރަ މޯޑީއަށް މިއީ ބޮޑު ޕްރެޝަރއަކަށްވާނެ ކަމެއް ކަމަށް މާހިރުން ބުނެއެވެ. މޯޑީގެ ސަރުކާރުންދަނީ އިންޑިޔާގައި އުފުލެމުންދާ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުަރަމުންނެވެ. އިންޑިޔާގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެޤައުމުގެ މަގުތަކަށް ގިނަ ބަޔަކު ނިކުމެ މީގެ މަހެއްހާ ކުރިންވަނީ ބޮޑެތި މުޒާހަރާތަެކެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރހހ

    ގައުމު ހިންގަންއުޅުމައް ވުރެބަލަނީ ބަޔަކައް ޖެއްސުންކުރުުމާ ފުރައްސާރަ ކޮއްގެންވެސް ތިމާމެންގެ ބާރުވެރިކަމުގެ ދަށައް އެހެން ކުދި ގައުމުތައް ގެންދެވޭތޯވިއްޔަ. މިސަރަހައްދުގެ ގަދަބާރޯ، ހިޔެއްނުވެ މިހާރު ނޭޕާލު ނަގައިފަ އިގްތިސޯދީ ގޮތުން މިހާދެރަވަރުގައުމެއް މިހިސާބުގަ އުޅޭނެހެންވެސް. ކުރިން ވެރިކަން ކުރިމީހުން ހަޒާނައް އެއްކޮއްފަ ހުރިލާރި ކޮޅުން މިހާރުވެސް އެހިފާއްޓަނީ، އެވަރުންވެސް އެއުޅެނީ އެހެންގައުމުތަކުގެ ދާހިލީ ކަންތަކާބެހި މިލިޔަނުން ލާރި ފޮނުވައިގެން އެގައުމުތަކުގެ ވެރިކަން ވައްޓާލެވޭތޯވިއްޔަ.

  2. ކާފަދ

    އަމިއްލަ އިޤްތިސާދު ނުހިފެހެއްޓޭ ބަޔަކުދޯ މިއުޅެނީ. މަށަށް ހީވަނީ އެއުޅެނީ ޤައުމު ބަދަލުކޮއްލަންހެން. ދިވެހިން އިންޑިއާއަށް މޯދީ ރާއްޖެއަށް.
    އެހެންނޫނަސް ތިފައިސާކޮޅު ގެނޭ ރާއްޖެއަށް. އަހަރެމެން ތީގެ އަގު އަރުވާލަދޭނަން 15.45އަށް

  3. ހުސޭނުބޭ

    ތިވީގޮތުން ރާއްޖޭގެ އެއަރޕޯޓާ އަނެއްކާވެސް ޖީއެމްއާރު ފާވީ! ބަލަންތިބެ!

    • Anonymous

      ޔަގީންވެ ކަށަވަރު ވާކަމެއް!!!

  4. ޖަހާންގީރު

    ހާސްނުވޭ ޖަރީމާ ރާއްޖޭގެ ސަރުކާރުން ހުރިހައި ތަނެއް ދީގެން ނަމަވެސް ތިކަން ފޫބައްދަދޭނެ

  5. ޒާ

    ހުރިހާވެސް މައްސަލައަކީ މޯދީ ސަރުކާރުގެ ކަރަޕްޝަން ބޮޑުވުން.

  6. Anonymous

    ތިޔާ ފައިސާގެ އަގު އަރުވަން މި އޮތީ ރަނުގެ ފުރުސަތެއް ލިބިފާ!! އަވަހަށް މައި އެއަރޕޯރޓ ދީ!! އޭރުން އެއަރ ކާގޯތައް އަންނާނެ ޑޮލަރުގޯނިތައް ބަލައި!! އެ އުފުލޭނެ އެހެން ގޮތެއް ނެތިގެން.!!

  7. ޒާން

    ފަގީރު އިންޑިއާ...

  8. އައްޔު

    މިވަރުގެ ޤައުމަކުން ރާއްޖެއަށް ކޮން އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ޑޮކްޓަރުކަން ކިޔަވަން ފުރުސަތު ލިބިދާނެ އެވެސް މިހާރު ބޭނުމެއްނޫން ރާއްޖޭގައި ކިޔެވޭ ދުވަސްކޮޅަކުން މިގައުމުވެސް ވާނީ ގަމާރުނާޑު ސްޓޭޓް އޮފް އިންޑިއާ އަށް ދެންތިބޭ ހެވިފަ

  9. ވަހީދު

    ކައިރި ގައުމުތައް ފެލަފެލާ ވެސް އިންޑިއާ އަށް ކުރިއެރުމެއް ނައެއްނު.