އިންޑިއާއަށް ވިއްސާރަވެ ކުރިއަށް އޮތް ދުވަސްތަކުގައި، ގަދަފަދަ ތޫފާނެއްގެ ނުރައްކާ އެޤައުމުގެ ކެރެލާއަށް އޮތް ކަމަށް ބެލެވިފައިވާތީ އެ ސްޓޭޓުގެ ބައެއް ސަރަޙައްދުތަކަށް ނުރައްކާ ބޮޑުވެ އެލާޓް ނެރެފިއެވެ.

އިންޑިއަން މޯޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން އެލާޓް ނެރެފައި ވަނީ، ކެރެލާގެ އިޑުއްކީ އާއި ޕަލައްކަޑްގެ އިތުރުން ތްރިއްސޫރު ޑިސްޓްރިކްޓަށް އަންނަ އާދީއްތަ ދުވަހާއި ހަމައަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަހާއި ހަމައަށް އެ ސްޓޭޓުގެ ބޮޑު ބަޔަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ކެރެލާއަށް ތޫފާނެއްގެ ނުރައްކާ ބޮޑުވެފައި މިވަނީ، އިރުދެކުނު އަރަބި ކަނޑުގައި އުފެދުނު ޑިޕްރެޝަނެއް ތޫފާނަކަށް ބަދަލުވެ އިންޑިއާ އާއި ދިމާލަށް މިސްރާބު ޖަހާފައިވާތީއެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވިފައިވާ ކެރެލާ އަށް، ކުރިއަށް އޮތް ދުވަސްތަކުގައި ތޫފާނުގެ އަސަރުކޮށް އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ތޫފާނުގެ ނުރައްކަލާއި ގުޅިގެން ކެރެލާ ސްޓޭޓުގައި މަސްވެރިކަން ކުރާ ފަރާތްތަކުން މި ދުވަސްވަރު ކަނޑުމައްޗަށް ނުނިކުތުމަށާއި، މަސްވެރިކަމަށް ގޮސް އުޅޭ ފަރާތްތަކުން އެނބުރި އަވަހަށް އައުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެ އިދާރާތަކުން ބުނާގޮތުގައި، ކުރިއަށް އޮތް 48 ގަޑި އިރުގެ ތެރޭގައި، މިހާރު އިންޑިއާ އާއި ދިމާލަށް މިސްރާބު ޖަހާފައިވާ ނުރައްކާތެރި ތޫފާނުގެ ބާރު އިތުރުވެގެންދާނެއެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ސްޓޭޓް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެސްއީއޯސީ)ގެ އިސް ސައިންސްވެރިޔާ ޝެޚާރްހީ ކުރިއަކޯސް ބުނެފައިވަނީ، ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ކެރެލާގެ ޑިސްޓްރިކްޓުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާނެ ކަމަށެވެ. މީގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ އިތުރުން، އިމާރާތްތަކަށް ގެއްލުންލިބި އަރަި ނުގަނެވޭވަރުގެ ބޮޑެތި ގެއްލުންތައް މި ތޫފާނުގައި ލިބިގެންދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އިންޑިއާގެ ބައެއް ސަރަޙައްދުތަކަށް މިހާރުވެސް ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންދާއިރު، ބާރުގަދަ ތޫފާނެއްގެ ނުރައްކަލާއި ކުރިމަތިވެފައިވާއިރު، އެޤައުމުގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް މިހާރު ދަނީ ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ، މި ތޫފާނުގެ އަސަރު ކުރަން ފެށުމުން އާންމުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ގަދަފަދަ ތޫފާނެއްގެ ނުރައްކާ އިންޑިއާއަށް ކުރިމަތިވެފައި މިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމަށް މޫސުމީ ބޮޑެތި ނުރައްކާތަކާއި ކުރިމަތިވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ރެޑް އެލާޓުގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އަދި އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ވަރަށް ނުރައްކާތެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ެއަހާ

  ކޮބާ ގެރި ކަލާންގެ.

 2. ޒިޔާ

  އަލްހަމްދުލިﷲ

 3. ހުސޭނުބެ

  އަދިވެސް ނުބައިވެގެންވާ ހުރިހާ ފާފައެއްކުރުމަށް ހުއްދަކުރޭ.

 4. ޒޫ

  ޢެއްވެސް ބަަޔަކަށް މުސީބާތެއް ދިމާވާހިނދު އެކަމާ އުފާކުރުމަކީ މުސްލިމުންގެ ގޮތެއް ނޫން

  • ނިންނި

   އެމީހުންނަށް ތެދު މަގު ދައްކަވާށި! އާމީން

   • އި

    އާމީން

 5. މަގޭ

  ނުބައި ޢަމަލުކުރަން ހުއްދަދީ ﷲ ނަހީ ކުރެއްވާފައިވާ ޢަމަލުތަކައް އަރައިގަތުމުން އެބައެއްގެ މައްޗަށް ކޯފާ ލައްވާނެ

 6. ގަމާރުމޯލްޑިވިއަންމ

  އިންޑޮނޭށިޔާ އަށް މި ވަނީ ކިހިނެއް؟؟؟؟؟؟

 7. އަބްދުއްލާ

  މާތް ﷲ ނަހީކުރައްވާފައިވާ ކަންކަން އާންމުކޮށްގެން ކުރަން ފެށުމުގެ ނަތީޖާ ފެނިގެންދާނެ

  • އަޝް

   ޔަގީން ނެއް ނޫން .. ހީކޮށްކޮށްފަ ވާހަކަ ނުދައްކަމާ އިންޝާﷲ ފާފަވެރިވެދާނެ

 8. ަެއިފާސާ

  ރަގަޅު