އިޒްރާއިލުގެ އަސްކަރީ ބޯޓެއް ވައްޓާލާފައި

އިޒްރާއިލުގެ އަސްކަރިއްޔާއިން ބޭނުންކުރަމުންދާ ބޮން އަޅާ ބޯޓެއް ސީރިޔާ އިން ވައްޓާލުމުން، އެޤައުމުން ސީރިޔާ އަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"އަލް ޖަޒީރާ" އިން ބުނެފައިވާގޮތުގައި، އިޒްރާއިލުގެ އަސްކަރީ މަތިންދާބޯޓު ވެއްޓިފައިވަނީ، ސީރިޔާގެ އަސްކަރިއްޔާއިން އެއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުންނެވެ. ހަމަލާތައް ދީފައިވަނީވެސް ސީރިޔާގެ ސަރަޙައްދުގެ އެތެރެއިންނެވެ.

މިކަމާ ގުޅިގެން، އިޒްރާއިލުން ސީރިޔާގައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ޔަހޫދީ ދައުލަތުގެ ސަރަޙައްދުކަމަށް ބުނާ ހިސާބުން އީރާނުގެ ޑްރޯން އެއްވެސް އިންޓަސެޕްޓް ކުރެވިފައިވާ ކަމަށް ބުނެ، މައްސަލަވަނީ އިތުރަށް ގޯސްކޮށްފައެވެ.

އިއްޔެއިން ފެށިގެން އިޒްރާއިލުން ހަމަލާތައް ދޭން ފަށާފައިވާއިރު، އިއްޔެވަނީ ސީރިޔާގެ ދެކުނުގެ 12 ތަނަކަށް ހަމަލާ ދީފައެވެ. އޭގެތެރޭގައި ދިފާޢީ ބައެއް ތަންތަންވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ރަޝިޔާގެ ރައީސް ވްލެޑްމިޔަރ ޕުޓިން މަޝްވަރާ ކޮށްފައިވާކަމަށް ވެސް ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެއެވެ. މިއީ އިޒްރާއިލުން އަމިއްލަ ސަލާމަތަށްޓަކައި ދޭ ޙަމަލާތަކެއްކަމަށް އިޒްރާއިލުން ވަނީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެހެން ގައުމުތަކުގެ ސަރަހައްދަ ހުއްދަ ނުހޯދާ ވަދެފަ އަދި މިމީހުންގެ ސަލާމަތަށް މިކަންކަން ކުރަނީ. ހެއްވާބަޔެއް މީ. އިޒްރާއީލަކީ މުޅިން މުސްލިމުންނަށް ހަމަލާދޭނޭ ގޮތެއް ނޭނގިފަހުންނަ ބައިގަނޑެއް.

  2. އެ ކުއްތާ އަބަދުވެސް އުޅޭނީ އަމިއްލަ ދިފާއުގަ

  3. ޔަހޫދީންނަކީ ނުބައި ނުލަފާ ބައެއް