ފަލަސްތީނުގެ ޣައްޒާގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއަށް އިސްރާއީލްގެ އަނިޔާވެރި ސިފައިން ބަޑި ޖަހާ ފަލަސްތީންގެ 12 އަހަރުގެ ފިރިހެން ކުއްޖަކާއި 24 އަހަރުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ސިއްހަތާއި ބެހޭ މިނިސްޓްރީ އިން ވިދާޅުވީ މިއަދު ޝަހީދުވީ 12 އަހަރުގެ ފާރިސް އަލް-ސިރްސަވީ އާއި 24 އަހަރުގެ މަހްމޫދު އަކްރަމް އަބޫ ސަމާން ނަމަކަށް ކިޔާ ޒުވާނެއް ކަމަށެވެ. އެމީހުން ޝަހީދު ވެފައި ވަނީ ޣައްޒާ އާއި އިސްރާއީލް ގުޅޭ ސަރަހައްދީ އިން ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް އިސްރާއީލް ސިފައިން ބަޑި ޖެހުމުންނެވެ.

މުޒާހަރާ ކުރާ މީހުންގެ ގަޔަށް އިސްރާއީލުން މިއަދު ވެސް ރަބަރު އުންޑަ ހުންނަ ބަޑިއާއި ލައިވް ވަޒަން ހުންނަ ބަޑި ޖެހުމުން 376 މީހުން ވަނީ ޒަހަމް ވެފައެވެ. ޒަހަމްވި މީހުންގެ ތެރޭގައި ސިއްހީ އެހީތެރިންނާއި ނޫސްވެރިން ވެސް ހިމެނެއެވެ.

ޣައްޒާގައި ކޮންމެ ހުކުރު ދުވަހަކު މުޒާހަރާތައް ކުރިއަށް ގެންދާތާ މިހާރު ފަސް މަސް ދުވަސް ވެއްޖެއެވެ. ޣައްޒާ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދަނީ މީގެ 70 އަހަރު ކުރިން ފަލަސްތީންގެ ބިމުން ނެރެ، ރެފިއުޖީންނަށް ހަދާލާފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނަށް އާދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ.

1948 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފަލަސްތީންގެ ހަތްލައްކަ އަށް ވުރެ ގިނަ ރައްޔިތުން ވަނީ ފަލަސްތީނުގެ ބިމުން ނެރެ ރެފިއުޖީންނަށް ހަދާލާފައެވެ.

މިދިޔަ މާޗް މަހު އިސްރާއީލާއި ދެކޮޅަށް ޣައްޒާގައި ފެށި މުޒާހަރާގައި މިހާތަނަށް 182 މީހުން އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޝަހީދު ވެފައި ވާއިރު 18000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަންތަރީސް

  ކީއްވެތަ ކޮމެންޓެއްވެސްނެތީ. އަންތަރީސްވެއްޖެ.

 2. ބިރު

  ކީއްވެބާ! މުސްލިމުން ޝަހީދު ކުރި ވާހަކަ ލިއުނީމ انا لله وانا اليه راجعون ނުބުނީ އަހ އަވަހަށް އިޒްރެޭލް ޔަހޫދީންނަށް ބައިއަތު ހިފީދް

 3. މީހެއް

  މިފަދަ ލާއިންސާނީ އަމަލުތައް މުސްލިމުންނާއިމެދު ހިންގިޔަސް އިންސާނީ ހައްޤުތައް ހިމާޔަތްކުރާ ފަރާތްތަކަށް އޯކޭވާނެ.އެކަމަކު މުސްލިމުގައުމެއްގަ ޤާތިލަކަށްކަށް މަރުގެއަދަބުދޭން އުޅޭއިރަށް ހީވާނެ މޮޔަވެގެން އުޅޭހެން.

 4. އިނމ

  انا لله وانا اليه راجعون

 5. މީ

  انا لله وانا اليه راجعون