އެމެރިކާގެ ކެލެފޯނިއާ ސްޓޭޓުގެ ސިޓީއެއް ކަމަށްވާ ސެން ފްރެންސިސްކޯ އާއި އެ ސިޓީ އާއި އިންވެގެން އޮންނަ ސިލިކޯން ވެލީގެ ބައެއް ސަރަޙައްދުތައް އަޑިއަށްދާން ފަށާފައިވާ ކަމަށް އެޤައުމުގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

މި ދިރާސާއިން ހާމަވިގޮތުގައި، އެންމެ ބޮޑަށް ބިންގަނޑު އަޑިއަށްދާން ފަށާފައިވަނީ ސެން ފްރެންސިސްކޯ އާއި ސިލިކޯން ވެލީ ގުޅޭ ސަރަޙައްދުންނެވެ. އެގޮތުން އަހަރަކު 10 މިލިމީޓަކަށް ބިންގަނޑު އަޑިއަށްދާއިރު، އެމެރިކާ ސަރަޙައްދުގެ ކަނޑުގެ ލޮނުގަނޑު އަހަރަކު ތިން މިލިމީޓަރަށް އުފެދެމުންދާކަން ވަނީ ހާމަވެފައެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުގެ މައްސަލަ މީގެ ކުރިންވެސް މި ސަރަޙައްދުތަކަށް ކުރިމަތިވެފައި އޮތްއިރު، ލޮނުގަނޑު އުފުލޭ މިންވަރަށްވުރެ އިތުރަށް ބިންގަނޑު އަޑިއަށްދާން ފަށާފައިވާކަން ހާމަވެފައި ވަނީ 2007 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދުގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކަކުންނެވެ. އެއާއި އެކު ދިރާސާވެރިން ވަނީ އެކަން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ދިރާސާވެރިން ބުނާގޮތުގައި، ސެން ފްރެންސިސްކޯގެ ބިންގަނޑު އަޑިއަށްދާން ފަށާފައިވަނީ، އެ ސަރަޙައްދުގައި އިމާރާތްތައް ގިނަވަމުންދާ ދިއުމާއި އެކު، އެއީ ކުރިން ޗަކަ ބިންތައް ގިނަ ސަރަޙައްދަކަށް ވުމުންނެވެ. އަދި ދުވަހެއް ދުވަހަކަށް ބިންގަނޑުގެ މަތީ ފަށަލައަށް ނުހިފެހެއްޓޭ ވަރަށް ބަރުވަމުންދާކަން އެކަމުން އެނގޭ ކަމަށް ދިރާސާގެ ބައިވެރިން ބުނެފައި ވެއެވެ.

މި ދިރާސާގެ އަލީގައި ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ، މިހާރު ސިލިކޯން ވެލީ އާއި ސެން ފްރެންސިސްކޯގެ ބިންގަނޑު ގެނބެމުންދާ މިންވަރާއި، އެމެރިކާ ސަރަޙައްދުގެ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ހަލުވިކަމަށް ބަލާއިރު، ކުރިއަށްއޮތް 80 ވަރަކަށް އަހަރުގެ ތެރޭގައި އެ ސަރަޙައްދުތަކުގެ އައްސޭރީގެ ބޮޑުބައެއް އޮންނާނީ ފެނުގެ އަޑީގައި ކަމަށެވެ. އަދި އެކަން ހިނގާނީ ކުއްލި ގޮތަކަށް ކަމަށްވެސް ވެދާނެ ކަމަށާއި، ދުވަހެއް ދުވަހަކަށް އެކަމުގެ ނުރައްކާ އިތުރުވަމުންދާ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ކެލެފޯނިއާ ސަރަޙައްދަކީ ދުނިޔެ އުފެދިފައިވާ ގޮތުން، ބިންގަނޑުގެ އަޑިން ފޯލްޓް ލައިނެއް ހިމެނޭ ސަރަޙައްދެކެވެ. މި ފޯލްޓް ލައިން ހިމެނޭ ސަރަޙައްދަކީ ދުނިޔެ ނުދެކޭފަދަ ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމަށްވެސް ބެލެވޭ ސަރަޙައްދެކެވެ. ކައިރި މުސްތަޤުބަލެއްގައި އެ ބިންހެލުން އަންނާނެކަމުގެ ހެކިތައް މިއަދާއި ހަމައަށްވެސް ދިރާސާތަކުގެ އަލީގައި ހާމަވަމުންދާއިރު، ބިންހެލުމުގެ ބާރުގަދަ ކަމާއި އެކު، އެއަށްފަހު އުފެދޭ ބިޔަ ސުނާމީއެއްގައި ދުނިޔެއަށް އަރައިނުގަނެވޭ ވަރުގެ ގެއްލުން ލިބި މުޅި ދުނިޔޭގެ ޗާޓަށްވެސް ބަދަލު އަންނާނެ ކަމަށް ބެލެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    އަލްޙަމްދު ލިﷲ.

  2. ދަތްދޫނި

    މި ކުޑަކުޑަ މާލެ އަށްވެސް ދުރުނޫން އަހަރު ތަކެއްގެ ތެރޭގައި ތިޔަ ބުނި ފަދަ ކަމަކާއި ކުރިމަތި ވުމަކީ ވަރަށް ގާތް ކަމެއް. އިމާރާތް ތައް ގިނަވެ އުސް ވާ ވަރަކަށް މި ކުޑަ ކުޑަ ބިމުގައި އެ އިމާރާތް ތައް ހިފަހައްޓާނެ ބަރު މި ފަސްގަނޑު ގައި ނެތް. މީގެ އެތައް އަހަރު ތަކެއް ކުރިން އިބްރާހިމް ނާސިރު ވެރިކަމުގައި އިމާރާތެއް އެންމެ އުސް މިނަށް ނެގެނީ 3 ބުރި އަށް. އެއީވެސް މި ވިސް ނުމުގައި އޭރުގެ ރަޢީސް ކުރެއްވި ކަމެއް.

  3. ގުންޑާ

    އަލްހަމްދުލިﷲ