އިންޑިއާގައި އުފައްދާ 65 އިންސައްތަ ކިރުގެ ބާވަތްތަކަކީ ރައްކާތެރި ނޫން ގޮތް ގޮތަށް ނުވަތަ އިންޑިއާގެ ފުޑް އެންޑް ސޭފްޓީ އޮތޯރިޓީގެ ސްޓޭންޑާރޑް އަށް ނުފެތޭ ބާވަތްތަކަށް ކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ.

އިންޑިއާގެ އެނިމަލް ވެލްފެއަރ ބޯޑްގެ އިސް މެންބަރެއް ކަމަށްވާ މޯހަން ސިންގް ބުނީ ޖަނަވާރުގެ ކިރު ބޭނުންކޮށްގެން އިންޑިއާގައި އުފައްދާ 65 އިންސައްތަ އާއި 68 އިންސައްތަ ބާވަތްތަކަކީ ސިއްހީ ގޮތުން ބޭނުން ކުުރުން އެންމެ ރައްކާތެރި ބާވަތްތައް ނޫން ކަމަށާއި އެ ބާވަތްތަކަކީ އިންޑިއާގެ ފުޑް އެންޑް ސޭފްޓީ އޮތޯރިޓީގެ ސްޓޭންޑާރޑަށް ނުފެތޭ ބާވަތްތަކެއް ކަމަށެވެ.

އިންޑިއާގައި މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 14.68 ކްރޯޑް ލީޓަރުގެ ކިރު ބޭނުންކުރެއެވެ.

އިންޑިއާގައި އުފައްދާ ކިރުގެ ބާވަތްތަކަށް އުފައްދާފައިވަނީ ޖަނަވާރުންގެ ގައިން ނަގާ ކިރު ސާފުކުރަން ޖެހޭ ވަރަށް ސާފު ނުކޮށް ކަމަށާއި އަދި އެކަމަށް އެންމެ އެކަށޭނެ ޕެކިނުގައި ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ ބުނެފައެެވެ.

އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިންޑިއާ ސަރުކާރުގެ ސަމާލުކަމަށްވެސް އެކަން ގެނެސްފައެވެ. އެގޮތުން ޑަބްލިޔުއެޗްއޯއިން ބުނީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް އިންޑިއާގައި ކިރުގެ ބާވަތްތަށް އުފައްދައި ވިއްކަނީ ނަމަ އެގައުމުގެ އާބާދީގެ 87 އިންސައްތަ މީހުން 2025 ވަނަ އަހަރު އަންނަން ވާއިރަށް ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށް ވެދާނެ ކަމަށެވެ. އެހެންކަމުން އިންޑިއާގައި ކިރުގެ ބާވަތްތަށް އުފައްދާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީ ރައްކާތެރި އަދި ސިއްހީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކިރުގެ ބާވަތްތައް އުފައްދައި ވިއްކުމަށް ސިއްހަތު ޖަމިއްޔާއިން އިލްތިމާޒް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަން

    އިންޑިއާއިން މިންގަނޑުތަކަށް ފެތޭގޮތަށް އުފައްދަނީ ކޯއްޗެއްތަ؟ އެމީހުން އުފައްދާ ސޮފްޓްވެއަރ ވެސް ހުންނަީ ބަލިޖެހިފަ.

  2. Abdul Latheef

    އެއުޅެނީ އިންޑިޔާގެ ޑައެރީ އިންޑަސްޓްރީގެ ތެރެއަށް އިންވެސްޓްމެންޓް ނަމުގަ ޔަހޫދީ ބައިގަނޑުގެ ދަނޑި ބާނަންވެގެން. އެއީ މިހާރު ނުކުރެވި އޮތްކަމަކީ. މި ޑަބްލިޔޫ އެޗް އޯ އަކީ ޔަހޫދީންގެ ހަންފަތުރާ ވަރަށް ނުރައްކާތެރި މެށިނެކެވެ. އަދި ބުނެލަމެވެ. އެއްވެސް އިންޑިޔާ މީހަކު ތާޒާ ކިރު ކައްކައިގެން ނޫނީ އެއްގޮތަކަށް ވެސް ބޮއެ ނޫޅެއެވެ.

  3. އިޔާޒް

    އިންޑިޔާ ކިރު ނޫނަސް އަސްލް ކިރުގަ ސައިބޯނި ރަހައެއްލާތަ؟ އެއީ ކީއްވެ؟ ދޮންނަކުނޑި އަޅައިން ކިރު ހަދާތަ އާދަޔާ ހިލާފަށް ފޮނު އަރާތަ.. ޕުލާސްޓިކު ހަނޑޫ ބިސް މިކަހަލަ އެއްޗިސް މިހާރުވެސް ވިއްކާތަ؟ ތަރުކާރީ މޭވާގަ ވައްތަރެއްގެ ފަންޏެއް ހެދެނީ ނުވަތަ ފާޑަކަށް ހަލާކުވަނީ އެއީ އެގަސް އަވަހަށް ބޮޑުކުރުމަށް ބޭހެއް ބޭނުން ކުރާތީތަ؟

  4. ފަހި

    މުޅީ އިންޑީޔަ ވަނި ބަލިޖެހިފަައި ރޭޕް

  5. ފަހި

    މުޅީ އިންޑީޔަ ވަނި ބަލިޖެހިފަައި