އެމެރިކާގައި ބޭއްވި އެއްވުމެއްގައި ނޫސްވެރިޔަކު އިންތިޚާބީ ސްލޮގަންއެއް ހިމެނޭ ތޮތްޕެއް ބޭނުން ކުރި އެޤައުމުގެ ނޫސްވެރިޔަކު ވަޒީފާއިން ކަނޑާލައިފިއެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ ޖޭމްސް ބަނާ ނަމަކަށް ކިޔާ އެމެރިކާގެ ޓީވީ ސްޓޭޝަންއެއް ކަމަށްވާ އެންބީސީގެ މަލްޓިމީޑިޔާ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިއެކެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަންޕްގެ ސޮލޮގޮންއެއް ކަމަށްވާ "މޭކް އެމެރިކާ ގްރޭޓް އެގެއިން" ޖަހާފައިވާ ތޮއްޕެއް އަޅައިގެން ހުއްޓާ ޓްރަންޕްއަށް ސަޕޯޓް ކުރާ މީހުން އުޅޭ ރެލީއެއްގެ ތެރެއިން ބަނާގެ ފޮޓޯ އެއް މީސްމީޑިޔާގައިވަނީ ދައުރުވެފައެވެ.

މިކަމާ ގުޅޭ ގޮތުން އެންބީސީގެ ސްޓޭޝަން ޑިރެކްޓަރ ނިއުލް ސެޑަރސްޓޯމް ބުނެފައިވަނީ އެސްޓޭޝަންގެ މަސައްކަތަކީ ވީހާވެސް ނުފޫޒުން އެއްކިބާވެ ތިބެ ނޫސްވެރިކަން ކުރުން ކަމަށާއި މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކެންޕެއިން ޙަރަކާތްތަކުގައި ކެންޕެއިން ކުރުމުގެ ގޮތުން ނުވަތަ އެނޫސްވެސް ގޮތަކުން އެ އިވެންޓް ކަވަރ ކުރުމަށް ހަރަކާތްތެރިވާއިރު ކެންޕެއިންއާ ގުޅުން ހުރި އެއްވެސް އެއްޗެއް ލުމަކީ ނޫސްވެރިކަމަށް ދެވޭ ބޮޑު ލަދެއް ކަމަށް ނިއުލްވަނީ ސިފަކޮށްފައެވެ. އަދި ބުނެފައިވަނީ މިފަދަ ކަމެއް ކިތަންމެ ސީނިއަރ މީހެއްގެ ކިބައިން ފެނިގެން ދިޔައަސް ހަރުކަށި ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ.

ބަނާގެ ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އޭނާވަނީ މިކަން ޓްވިޓަރ މެދުވެރިކޮށް ކުށްވެރިކޮށްފައެވެ. އަދި އެއީ އިންސާފުން ކުރެވިގެން ދިޔަ ކަމެއް ނޫން ކަމެއް ކަމަށްވެސް އޭނާވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު