ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިސް އޮފިޝަލުން ވިޔަފާރިވެރިންނާއި ގުޅިގެން ހިންގަމުން ގެންދާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކުގެ ޚަބަރުތައް އާންމުކޮށް ލިޔެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ބަލްގޭރިއާގެ އަންހެން ނޫސްވެރިއެއް ކަމަށްވާ އުމުރުން 30 އަހަރުގެ ވިކްޓޯރިއާ މަރިނޯވާ ރޭޕް ކުރުމަށް ފަހު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އީޔޫ އިން އެކި ނަން ނަމުގައި ހިންގަމުން ގެންދާ ފަންޑްތައް މެދުވެރިކޮށް ހިންގަމުން ގެންދާ ކޮރަޕްޝަންގެ ވާހަކަތައް ލިޔަމުން އައި ނޫސްވެރިޔާ މަރާލާފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހު އެވެ. އޭނާ ފެނުނީ ރޯމޭނިއާގެ އުތުރު ބޯޑަރު ކައިރީގައި އޮންނަ ޕާކެއްގެ ތެރެއިންނެވެ.

ވިކްޓޯރިއާ މަސައްކަތް ކުރަނީ ރޯމޭނިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ޓީވީއެން" ގައެވެ. އޭނާ މިހާރު ގެންދަނީ އީޔޫގެ ކޮރަޕްޝަންގެ ޖަރީމާތަކަށް ހާއްސަ ޓީވީ ޝޯވ އެއް ގެނެސްދެމުންނެވެ. އެޝޯވ ގައި އީޔޫގެ ކޮރަޕްޝަންގެ މައުލޫމާތު އެނގޭ ވަރަށް ގިނަ މީހުންގެ އިންޓަވިއުތައް ދަނީ ގެނެސްދެމުންނެވެ.

ބަލްގޭރިއާގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ވިކްޓޯރިއާ އަށް މީގެ ކުރިން އެއްވެސް އިންޒާރެއް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް ވިކްޓޯރިއާ އާއި އެކު އީޔޫގެ ކޮރަޕްޝަންގެ ވާހަކަތައް ލިޔެމުން އަންނަ ބްލޮގެއްގެ ވެރިޔާ އެސެން ޔޮރްދަނޯވް ބުނީ އެބްލޮގަށް ލިޔަމުން އަންނަ ހުރިހާ ނޫސްވެރިންނަށް ވެސް އިންޒާރުތައް ލިބެމުން އައިސްފައިވާ ކަމަށާއި ހާއްސަކޮށް ވިކްޓޯރިއާ މަރާލާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދީފައިވާ ކަމަށެވެ. އެއިންޒާރުތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފައި ވާނެ ކަމަށާއި ނަމަވެސް ފިޔަވަޅެއް އެޅި ކަމުގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށް އޭނާ ބުންޏެވެ.

ވިކްޓޯރިއާގެ މަރާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ވިކްޓޮރިއާގެ މަރު ގިނަ ނޫސްވެރިންނާއި އެކި ޖަމިއްޔާތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަސްލުހާލަތު

    ކޮރަޕްޝަނާ ކަޓު ނެގުމެއް ނެތި ކުރިއަރުވާފަ އޮތް ނޫބީ ތަރައްޤީކޮށްފަ އޮތް ޤައުމެއް މި ދުނިޔެއަކު ނެތް.. ސިންގަޕޫރަކީވެސް އޭގެ މިސާލެއް

    • އަލީ

      ވަރަށް ދެރަ ކޮމެންޓެއް ތީ. މީހަކު ހެޔޮ ކަމެއްކުރީމަ އެކަމެއް ހަމަކުރަންވީ އެކަމު މީހަކު ކޮރަޕްޓްވީމަ އެކަން ކޮށްފަ ކަޓުނެގީމަ ކަޓު ނެގުން އެއީ ވަރަށް ހިތާމަވެރި ކަމެއް

  2. ހަސަންބެ

    ރާއްޖޭގަވެސް މިހިނގަނީ ތިކަހަލަ ކަންތައް ވާހަކައެއް ބުނާމީހާ ގެއްލެނީ ޔޯ

  3. ކޮރަޕްޝަން

    މިވަރުގެ ޖަމާއަތެއް މިދިވެހިރާއްޖެ އަށް ސެކިއުލާ ޑިމޮކްރަސީ އަައި އެއްގޮތައް ކަންކަން ގެންދިއުމަށް ގޮވާލާ އަމުރު އެކުރަނީ. ތިޔަ އަލްޖަޒީރާ ޓީވީ ޗެނަލަކީ ވެސް ބީބީސީ އާއި ގުޅިފަ އޮތް ހަމަ އިސްލާމީ ގައުމު ތަކުގައި އެމީހުންގެ ޕްރޮޕަގަންޑާ ފަތުރަން ގެންގުޅޭ މެޝިނެއް.

  4. ައަބުދުއްލޯ

    ޖަޒީރާ ނޫ އިގުތިސޯދު އީޔޫގެ ބައި ( ތަރިޖެހި ނޫދިދަ)

  5. މޫސަ

    ދިވެހިރާއްޖޭގެ ކަންކަން ގޯސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އަޑު ގަދަކުރަން ތެޅޭ ކޮންމެ ގައުމެއްގެ ޙާލަތަކީ ތީ! އިންޑިޔާއާއި އިނގިރޭސި ވިލާތާއި އެމެރިކާ ގަދަ ެެ ގައުމުތަކުގެ ޙާލަތު.....

  6. ނަން

    ޔޫރަޕް މީހުންވެސް މިއުޅޭ މީހުން ގާތުން ދަސްކުރީ ދޯ؟

  7. Anonymous

    މިއީ އިންސާނީ ހައްގުވެގެން މުޅިދުނިޔެއަށް ފާޑުފާޑުގެ އެންގުންތައް އަންގާ އީޔޫގެ ހާލުހުރިގޮތް.

  8. އަޒޫ

    މިފެންނަނީ އީޔޫގެ ފެންވަރު...........ރާއްޖޭގެ ކަންކަމާބެހި ރާއްޖެއަށް އެކިގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދުވާއިރު ލަދެއްވެސްނެތް..........ކަމެއް ހާމަކުރާ މީހެއްގެ ދުވަސް މިދުއްވާލަނީ....

  9. އެމްޑީޕީ

    މީކަލޯމެން އެމްޑީޕީ ބޭބޭފުޅުން އަބަދުވްސް މަދަދަށް އެދެންދާ ބާގަނޑުގެ ހާލަތު. ވާނުވާނޭނގޭ ނުވަތަ އިގެންބޭނުންނުވާ، އަމިއްލަ ސިކުޑިބޭނުންނުކޮށް ތިބޭބައިގަޑު ފަހުންރޯންޖެހޭނެ. މިކަހަލަމީހުން ބޭނުންގޮތަކަށް ހައްލާލެވޭނެ. މެނޭޖްކުރަން ފަސޭހަވާނެ. ކަލޯ ސުވާލުކުރެވޭނެ ކަލޯމެންނާ، އެދުވަހަކުން އެމްޑީޕީއޭ ޖިންނިއޭ ނުކިޔޭނެ. ހެޔޮނުވާނެ ވިސްނާލަބަލަ. އަމިއްލަނަފްސާދޭތެރޭ. މަމީކާކުތޯ؟ ކީއަކުރަން މިދުނިޔެއަށްއާސް ހުރިމީހެއްތޯ؟ ވިސްނާލަބަލަ. ގުރުއާނުގަ އޮވޭ.... މެޖޯރިޓީ އިންސާނުންނަކީ ދޮގުހަދާ ހިޕޮކްރީޓްސް ކަމަށް. ފަހުޒަމާނަކީ ބޮޑުއޮޅުވާލުމެއް... މިކަން ގަބޫލްކޮއްގެން ހައްގުހޯދަން ނަސައްކަތް ކޮށްބަލަ. ހެޔޮނުވާނެ

  10. މަ މިއު މަ

    ޔޫރަޕު

  11. މިރުސް

    ޔޫރަޕްގަ މާމަދީނު. މުސްލިމުންވެސް ނޫނިއްޔާ . ހަމަ މަރާ ވައްޓަމުން ދާންވީނު

  12. ރައްޖެ

    ވިކްޓޯރިޔާ މަރާލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ