އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ރާޖަސްތާންގެ ޖައިޕޫރްގައި 22 މީހަކަށް ޒިކާ ވައިރަސް ޖެހިއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލުން ބުނީ މިހާތަނަށް އިންޑިއާގެ ޖައިޕީރުގައި 22 މީހުން ޒިކާ ވައިރަސްއަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. ހަލުވި ކަމާއި އެކު ޒިކާ ވައިރަސް ފެތުރެމުންދާތީ އެކަމުގެ ތަފްސީލީ ރިޕޯޓެއް ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން މިހާރު ވަނީ ސްޓޭޓްގެ ހެލްތު މިނިސްޓްރީގައި އެދިފައެވެ.

އިންޑިއާގައި ޒިކާ ވައިރަސް ފެތުރެމުންދާތީ، މިހާރު ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ޒިކާގެ އަލާމާތްތައް ހުންނަ މީހުން ސްކްރީންކޮށް ފަރުވާ ދެމުންނެވެ.

އިންޑިއާގެ އިތުރު ސްޓޭޓްތަކަށް ޒިކާ ވައިރަސް ފެތުރިފައި މިވަނީ އިންޑިއާގެ ބިހާރު ސްޓޭޓުގައި ޒިކާ ވައިރަސް ފެތުރިދާނެކަމުގެ ނުރައްކާ ބޮޑުވެ އެލާޓް ނެރެފައި ވަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބިހާރު ސްޓޭޓުގައި ޒިކާ ވައިރަސް ފެތުރިދާނެތީ އެލާޓް ނެރެފައި ވަނީ، ސިވާންއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުން އެ ވައިރަސް ފެނުމާއި ގުޅިގެންނެވެ.

ޒިކާ ވައިރަސް ފެތުރެނީ އީޑީޒް މަދިރިންނެވެ. ޒިކާ ވައިރަސް ޖެހިފައިވާ މީހެއްގައި ގައިގައި މަދިރި ހެފުމަށް ފަހު ރަނގަޅަށް ހުރި މީހެއްގެ ގައިގައި އެމަދިރި ހެފުމުން އެމީހާގެ ގަޔަށް ވައިރަސް ވާސިލްވެއެވެ. ޖިންސީ ގުޅުމުން ވެސް މި ބަލި އަރާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. އަދި އެބަށްޔަކީ ބަލީގެ ކުރީ ކޮޅުގައި ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނައަށްވެސް ނުރައްކާ ކުރުވާ ބައްޔެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޒިކާ ވައިރަސް މިހާރު ދުނިޔޭގެ 25 އަށް ވުރެއް ގިނަ ގައުމަށް ވަނީ ފެތުރުފައެވެ.

ކިޔުންތެރިންގެ ހިޔާލު