އިންޑިއާގެ އޮޑިޝާ ސްޓޭޓްގައި ގޭންގު ރޭޕްގެ ޝިކާރަކަށްވި ކުޑަކުއްޖަކު ސަލާމަތްކޮށްފިއެވެ.

ގޭންގަކަށް ނިސްބަތްވާ ބަޔަކު ވަނީ މި ކުއްޖާ ވަގަށް ނަގައިގެން ގޮސް، ތިން ދުވަސް ވަންދެން ރޭޕްކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރޭޕްގެ ޝިކާރައަކަށްވި 15 އަހަރުގެ އެ ކުއްޖާ ސަލާމަތްކޮށްފައިވަނީ، އެ ސްޓޭޓުގެ އެކި ސަރަހައްދު ތަކުގައި ހިންގި ރެއިޑްތަކެއްގައި އެ ސްޓޭޓުގެ ޑިސްޓްރިކްޓް ފުލުހުންނެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ 20 އަހަރުގެ ފިރިހެނަކު ވެސް މިހާރު ހައްޔަރު ކޮށްފައިވާ އިރު އޭނާ ހައްޔަރުކޮއްފައިވަނީ އެ ކުއްޖާ ވަގަށް ނަގައިގެންގޮސް ގެންގުޅުނު ގެއިންނެވެ.

އިންޑިއާގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުހުން ބުނާގޮތުގައި، އެ ކުއްޖާ ވަގަށް ނެގިކަން އެނގުނީ މިދިޔަ ބުދަ ދުވަހު ކިޔަވަން ދިޔަ ގޮތަށް އެނބުރި ގެއަށް ނައުމުނެވެ.

އިންޑިއާގައި ރޭޕް ކުރުން އާންމުވެ ބައެއް އަވަށްތަކުގައި، ކުޑަކުދިން ރޭޕްކުރާ މީހުން މެރުމަށް ދަނީ ބޮޑެތި ގާނޫނުތައް ފާސް ކުރަމުންނެވެ.

އިންޑިއާގެ ރޭޕް ކުރުން އާންމުވެފައިވާއިރު، ކޮންމެ 15 މިނެއްޓަކު ކުޑަ ކުއްޖެއް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކަމަށް ޖަމާއަތްތަކުން ލަފާކުރެ އެވެ. އިންޑިއާ ފާހަގަވެފައި އޮންނަނީ އަންހެނުންނާއި ކުޑަކުދިންނަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާ ގައުމުުގެ ގޮތުގައެވެ. އަދި އެއީ ދުނިޔެއިން ރޭޕްގެ މައްސަލަތަށް ތިންވަނައަށް އެންމެ ގިނައިން ފެންމަތިވާ ގައުމެވެ.