އަވައްޓެރި އިންޑިޔާގެ އެއަރޕޯޓް ތަކުގައި މަސައްކަތް ކުރާ ފުލުހުން ޑިއުޓީ ކުރާ ވަގުތު ތަކުގައި ހިނިތުން ނުވެ، މަސައްކަތް ކުރުމަށް އަންގައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިފަދަ ގޮތަކަށް ނިންމީ ނިރުބަވެރި ހަމަލާތައް ގިނަވަނީ އެއަރޕޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަކީ މީހުންނާ ގުޅޭ ރަޙްމަތްތެރި ބަޔަކަށް ވުމުން ކަމަށް ބެލެވިފައިވާ ތީ ކަމާށެވެ. އިންޑިޔާގެ އެއަރޕޯޓްތަކުގެ ސެކުއިރިޓީ ބަލަހަށްޓާ ސެންޓްރަލް އިންޑަސްޓްރިއަލް ސެކުއުރިޓީ ފޯސްއިން ބުނެފައިވަނީ އެ އިދާރާއިން ބޭނުންވަނީ މީހުންނާ ރަޙްމަތްތެރި ޚިދުމަތް ދިނުމަށްވުރެ، ދިމާވެދާނެ ނުރައްކަލަކަށް ބަލައިގެން ޚިދުމަތް ދިނުމަށް ކަމަށެވެ.

ސެންޓްރަލް އިންޑަސްޓްރިއަލް ސެކުއުރިޓީ ފޯސްގެ ޑިރެކްޓަރ ޖެނެރަލް ބުނެފައިވަނީ މާގަދަޔަށް ޕަސެންޖަރުންނާ އެކީ ހިނިތުންވެ، ރަޙްމަތްތެރި ކަމާއެކު ޚިދުމަތް ދޭނަމަ އެއެއަރޕޯޓް ހުށަހެޅިގެންދާނީ ނިރުބަވެރިންގެ ހާތްޔަކަށް ކަމަށެވެ. އަދި އިންޑިޔާގެ އެއަރޕޯޓްތަކަކީ އެންމެނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށް އިންޑިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ވަނީ މިއީ މިފަދަ ގޮތަކަށް އިންޑީޔާގެ ފުލުހުން އަމަލު ކުރުމުގެ ޤަވާއިދަށް އިސްލާޙް ގެނައި ފުރަތަމަ ފަހަރު ނޫން ކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިންޑިޔާގެ ނޫސްތަކުން މިގެނައި ބަދަލު ސިފަކޮށްފައިވަނީ، "ރަޙްމަތްތެރި ކަމުން ހަރުކަށި ކަމަށް" ޚިދުމަތް ދޭންތިބި ފުލުހުން ގެންދިޔަ ކަމެއްގެ ގޮތުގައެވެ.

އިންޑިޔާއިން މިފަދަ ގޮތަކަށް ނިންމި ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި އެއަރޕޯޓްގައި މަސައްކަތް ކުރާ މުވައްޒިފުންނަކީ މީހާވެސް މީހުންނާ ރަޙްމަތްތެރި ބަޔަކަށް ހެދުމަށްދަނީ މަސައްކަތް ތަކެއް ކުރެވެމުންނެވެ. މިގޮތުން ބަލާއިރު 2014 ވަނަ އަހަރު އަވަށްޓެރި ނޭޕާލުގައި 400 ފުލުހުންނަށް ވަނީ މީހުންނާ ރަޙްމަތްތެރި ކަމާއިއެކު ޚިދުމަތް ދޭނެ ގޮތް ދަސްކޮށްދޭ ކޯހެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމަނަ މުހައްމަދު

    ކުޅީގެ މީހުން އުޅޭ ތަނެއް. ފުލުހުން ތިބެންވީ ޥަޅި ހިފައިގެން. ބޯދާ ހިޔާލް ކުޅި މޯދީ.