އަވައްޓެރި ޕާކިސްތާނުން އިއްޔެ ކާމިޔާބު ކަމާއި އެކު ނިއުކްލިއާ މިސައިލެއް ޓެސްޓް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނުން ނިއުކްލިއާ މިސައިލެއް ކުއްލި ގޮތަކަށް ޓެސްޓް ކޮށްފައި މިވަނީ އިމްރާން ހާން ބޮޑުވަޒީރު ކަމަށް ވަޑައިގެން އިންޑިއާ އާއި އެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން ދިން ދައުވަތު އިންޑިއާ އިން ގަބޫލު ކުރަން ދެކޮޅު ހެދުމުންނާއި އަދި މިހަފްތާގައި އިންޑިއާ އިން ވަނީ ރަޝިއާ އާއި އެކު ބިލިއަން ޑޮލަރުގެ އަސްކަރީ އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައި ވާތީ އިންޑިއާ އަށް މެސެޖެއް ދިނުމުގެ ގޮތުންނެވެ.

ޕާކިސްތާނުން ޓެސްޓް ކުރި މިސައިލަކީ ނިއުކްލިއާ ހަތިޔާރުގެ އިތުރުން އެހެނިހެން ހަތިޔާރު ވެސް އުފުލުމުގެ ގާބިލް ކަން ލިބިފައިވާ މިސައިލެކެވެ. މިމިސައިލް 1300 ކިލޯ މީޓަރަށް ދަތުރު ކުރާނެއެވެ.

މިސައިލް ތައްޔާރު ކޮށްފައި ވަނީ އާމީ ސްޓްރެޓެޖިކް ފޯސް ކޮމާންޑުންނެވެ. މިސައިލަށް ދީފައިވާ ނަމަކީ "ގަހޫރީ ބެލިސްޓިކް މިސައިލް" އެވެ. މިސައިލް ޓެސްޓް ކުރުމުގެ ރަސްމިއްޔާތުގައި ޕާކިސްތާންގެ ރައީސް އާރިފް އަލްވީ އާއި ބޮޑުވަޒީރު އިމްރާން ހާން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިމްރާން ހާން ޕާކިސްތާންގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ފޯނުން ވާހަކަފުޅު ދައްކަވަމުން ވަނީ ސުލްހައިގެ ވާހަކަތަކުގެ ދައުވަތު އިންޑިއާ އަށް ދީފައެވެ. އިމްރާންގެ ދައުވަތު މޯދީ ގަބޫލު ވެސް ކުރިއެވެ.

ނަމަވެސް މިދިޔަ ހަފްތާގައި އިންޑިއާގެ ތިން ފުލުހަކު މަރާލީ ޕާކިސްތާންގެ ހަނގުރާމަވެރިން ކަމަށް ބުނެ އިންޑިއާ އިން ވަނީ ޕާކިސްތާނާއި އެކު ސުލްހައިގެ އެއްވެސް ވާހަކައެއް ކުރިއަށް ނުގެންދާނެ ކަމަށް ބުނެފައެވެ.

އިންޑިއާ އިން ބުނާ ގޮތުގައި ޕާކިސްތާނުން ގެންދަނީ ޓެރަރިޒަމަށް ހިތްވަރު ދެމުންނެވެ.

އިންޑިއާ އިން ވަނީ މިހަފްތާގައި ރަޝިއާގެ މިސައިލުން ދިފާއުވާ އެސް-400 ގަންނަން އެއްބަސް ވެފައެވެ. އެއީ 5.4 ބިލިއަން އެމެރިކާ ޑޮލަރުގެ ސިސްޓަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝިޔާމް

    އިންޑިޔާއަކީ ޓެރެރިސްޓުންގެ ބައްޕަ.

    • ޞދހޒބ

      ރޭޕިސްތާން. ނޮޓް އިންޑިޔާ