"މައިކަލް" ގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން މިހާރު އެމެރިކާގެ ފޮލޮރިޑާގެ ހިސާބުތަކަށް އަރަމުންދާއިރު، މީސްމީޑިޔާގައި ތޫފާނުގެ ސަބަބުން ލިބެމުން ދާ ގެއްލުންތައް ދައްކުވައިދޭ ވީޑިއޯތައް އާއްމުވާން ފަށައިފިއެވެ.

ކެޓަގަރީ-4 ގެ މި ތޫފާންނަކީ ތޫފާން މިހާރު އެމެރިކާގެ ފްލޮރިޑާއަށް މިހާރުވަނީ އަރާފައެވެ.

https://www.instagram.com/p/BowqJASFq51/?utm_source=ig_embed

މިތޫފާން މިހާރުވަނީ 1992 ގައި އެމެރިކާއަށް އެރި އެންމެ ބޮޑު ތޫފާން ހަރިކޭން އެންޑްރޫވްއަށްވުރެ ބާރު ގަދަވެފައެވެ. މިތޫފާނުގައި މިހާރު 155 މޭލަށް ވައިގަދަ ވެފައިވާއިރު، ތޫފާނުގެ ސަބަބުން ގިނަ ގެއްލުންތަކެއް އެމެރިކާއަށް ދަނީ ލިބެމުންނެވެ. މިތޫފާނުގެ ސަބަބުން އެމެރިކާގެ ހަތަރު ހިސާބެއްގައިވަނީ ކާފިއު އިއުލާންކޮށްފައެވެ. އަދި ހުރިހާ ކަމާބެހޭ އިދާރާތައްވަނީ އެލާޓަށް ގެނެސްފައެވެ.

މިތޫފާން އެރުމުގެ ކުރިން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވުމަށް އަންގައިފައިވީނަމަވެސް ގިނަ ބަޔަކު އެއަށް އަމަލުކޮށްފައިނުވާ ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

މިތޫފާން މިހާރު ފްލޮރިޑާގެ ފަންހެންޑަލްއަށް އަރާފައިވާއިރު، މިހާރު ދަތުރު ކުރަމުންދަނީ އެޤައުމުގެ ޖޯޖިޔާއާ ދިމާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާސައިލެންޓް މެޖޯރިޓީ

    ގަދަ ބަސް ބުނަމުން މީހުން އަޅުވެތި ކުރުވަން އުޅޭ މީހުން ނިކަން އެހާ ވަރުގަދަ ބައެއްކަމުގައި ވަނީނަމަ ތޫފާން މައިތިރި ކޮށްބަލަ