އޮސްޓްރޭލިޔާ ކައިރީގައި އޮންނަ ޕަޕުއާ ނިއު ގިނީ ނަމަކަށް ކިޔާ ޤައުމަކަށް ބާރު ގަދަ ބިންހެލުމަށް އައިސްފިއެވެ.
މިޤައުމަށް ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަޑުން 7.3 ބާރު މިނުގައި 33 ކިލޯމީޓަރ ކަނޑު އަޑިންނެވެ.
މިބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީގެ އިންޒާރެއް ނެރެފައިއެއްނުވެއެވެ.
މިހާރަކަށް އައިސް ދުނިޔޭގެ ޤައުމުތަކަށް އަންނަ ބިންހެލުންތައް އިތުރުވެފައިވާކަން ފާހަގަކޮށްލެއެވެ. މިގޮތުން އިންޑޮނޭޝިޔާއަށްވަނީ މިމަސްތެރޭގައި ބިންހެލުންތަކުގެ ސަބަބުން ސުނާމީއެއްވެސް އަރާފައެވެ.
ޢަލާމާތް: "ތިބުން ދަތިވެގެން ނިކަމެތިން ރޮއެ ހަދާއިރިރު، ލިބުން މީގެ އިންސާފު ނާދިރު ވެދާނޭ! އުޑުން ފެން އައުން އާދަޔާ ބޮޑު ތަފާތުވެ، ގުޑުން ބިން އެތަން މިތަނުގާ ގިނަވެދާނޭ!" (އަލްމަރުޙޫމް ޝައިޚް ޖަލާލުއްދީން)
ވަރަށް ބޮޑު ޙަޤީޤަތެއް..