މައިކަލްގެ ނަމުން ނަންދީފައިވާ ތޫފާން އެމެރިކާގެ ފްލޮރިޑާއަށް އަރައި މިހާތަނަށް މަދުވެގެން ދެ މީހަކު މަރު ވެއްޖެއެވެ.
ކެޓެގަރީ 4 ބާރު މިނުގައި އެރި މިތޫފާނުގެ ސަބަބުން 500،00 އެއްހާ މީހުންނަށް ވަނީ އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އަންގާފައެވެ. ތޫފާނުގެ ސަބަބުން 2 މީހުން މަރުވެފައިވާއިރު މިތޫފަނަކީ 2005 ވަނަ އަހަރުގެ ފަހުން ފްލޮރިޑާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.
މިތޫފާނުގައި މިހާރު 155 މޭލަށް ވައިގަދަ ވެފައިވާއިރު، ތޫފާނުގެ ސަބަބުން ގިނަ ގެއްލުންތަކެއް އެމެރިކާއަށް ދަނީ ލިބެމުންނެވެ. އެގޮތުން ބޮޑެތި ގަސްތަށް ވެއްޓި ފްލޮރިޑާގެ މަގުތަކުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފައެވެ.
މި ބާރުގަދަ ތޫފާނާ ގުޅިގެން ފްލޮރިޑާ، އަލަބާމާ އަދި ޖޯޖިއާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު އެސަރަހައްދުތަކުގައި ވަނީ ކަރަންޓު ކެނޑިފައެވެ. މިތޫފާން އެރުމުގެ ކުރިން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވުމަށް އަންގައިފައިވީ ނަމަވެސް ގިނަ ބަޔަކު އެއަށް އަމަލުކޮށްފައިނުވާ ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.
މިތޫފާން މިހާރު ފްލޮރިޑާގެ ފަންހެންޑަލްއަށް އަރާފައިވާއިރު، ތޫފާން މައިކަލް މިހާރު ދަތުރު ކުރަމުންދަނީ އެޤައުމުގެ ޖޯޖިޔާއާ ދިމާއަށެވެ. އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ ތޫފާން ފްލޮރިޑާ އަށް އަރާފައި ވާއިރު ތޫފާނުގެ ބާރު މިހާރު ދަށްވަމުންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ތޫފާނުން ރައްކާތެރިވެ ތިބުމަށް ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ތޫފާންގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާލަން އަންނަ އާދީއްތަ ނުވަތަ ހޯމަ ދުވަހު އެމެރިކާގެ ހުޅަނގަށް ދަތުރު ކުރާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 1،800 ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އަދިވެސް ގަދަކޮށްފައި މުސްލިމު މައުސޫމު ޤައުމުތަކާއި މީސް މީހުންގެމައްޗަށް ފިޔަވަޅު އަޅާނެކަމުގެ ބިރުދައްކައި އިންޒާރުދީ! ﷲގެ ކުޅަދުންވަންތަވެރިކަން ނިކަން ދެކިބަލަ.
ކުށެއްނެތް އިންސާނުން މަރަން ވެއްޖެއީޔާ ފަންސާސްހާސް ސިފައިން، އެކަމަކު ބަޔަކަށް އެހީވާންވީމަ 1800!