މަރުގެ އަދަބު ދިނުމަކީ ލާ އިންސާނިއްޔަތު ކަމެއް ކަމަށްބުނެ، އެމެރިކާގެ ވެރިކަންކުރާ ވޮޝިންޓަންގްގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމަކީ ޤާނޫނީ ގޮތުން ދެވޭނެ އެއްެޗެއް ނޫން ކަމަށް ހަމަޖައްސައިފއެވެ.

އެމެރިކާގެ ވޮޝިންޓަންގައި މަރުގެ އަދަބު ޤާނޫނީ ގޮތުން މަނާކޮށްފައިވާއިރު، މިއީ މިގޮތަށް މަރުގެ އަދަބު ދިނުން އެމެރިކާގައި މަނާކުރި 20 ވަނަ ސްޓޭޓް އެވެ.

މިދިޔަ އަހަރު އެކަނިވެސް އެކި އެކި ކުށްތަކު ގައި އެމެރިކާގައި 23 މީހުންނަށް މަރުގެ އަދަބު ވަނީ ދީފަ އެވެ. ނަމަވެސް ވޮޝިންޓަންގްގައި އެންމެ ފަހުން މަރުގެ އަދަބެއް ދީފައިވަނީ 2010 ވަނަ އަހަރުއެވެ. ޢަންމު ގޮތެއްގައި އެޤައުމުގައި މަރުގެ އަދަބު ދޭ މީހުން އުމުރަށް ޖަލަށްލާން ޙުކުމްކުރެއެވެ.

ވޮޝިންޓަންގައި މަރުގެ އަދަބު ޤާނޫނީ ގޮތުން މަނާކުރި ނަމަވެސް މިހާރުވެސް އެމެރިކާގެ 30 ސްޓޭޓެއްގައި މަރުގެ އަދަބު ދަނީ ތަންފީޒް ކުރަމުންނެވެ. އެމެރިކާގައި މަރުގެ އަދަބު އާއްމު ގޮތެއްގައި ދެނީ ޤައުމަށް ޣައްދާރުވާ މީހުންނަށެވެ. މީގެ އިތުރުން ޚާއިނުންނަށް ޖާސޫސް ކޮށްދޭ މީހުންނަށާއި މަތިންދާ ބޯޓް ފަދަ ތަކެތި ހައިޖެކްޓްކޮށް އޭގައި ތިބޭ މީހުން މަރާ މީހުންނަށާއި ނަސްލެއް ނެތިކޮށްލަން މަސައްކަތްކޮށް ވަކި ނަސްލެއްގެ ބަޔަކު މަރާ މީހުންނަށެވެ. މީގެ އިތުރުން ޑްރަގްގެ ބޮޑެތި ނެޓްވޯކް ގެންގުޅޭ މީހުންނަށްވެސް މުޖުތަމަޢު ފަސާދަ ކުރުމުގެ ކުށުގައި މަރުގެ އަދަބު ދެވިފައި ވެއެވެ.

ވޮޝިންޓަންގްގެ ކޯޓުން މަރުގެ އަދަބު ޤާނޫނީ ގޮތުން އުފުލުގެ ސަބަބުން މިއަަހަރު އެކި ކުށްތަކުގައި މަރުގެ އަދަބު ދޭން ތައްޔާރުވެފައިވާ ބާރަ މީހެއްގެ އަދަބު ލުއިވެ، އުމުރު ދުވަހަށް ޖަލަށް ލެވިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ހުސޭނުބޭ

  މަރުގެ ޙުކުމް ޤާއިމްކުރުމަކީ ލާއިންސާނީ ޢަމަލެއް! ހައްޤަކާނުލައި މީހުން މެރުމަކީ އިންސާނިއްޔަތުގެ ބައެއް! މިހާރު އޯކޭނު! ބޯހަލާކު

 2. ގަމާރުމޯލްޑިވިއަންމ

  އެމެރިކާގެ ދުވަސް ތި ދިޔައީ

 3. އެއްގަމު ކިޔޮޅު

  އެމެރިކާ އަކީ ދުނިޔޭގެ ހަލާކު

 4. ޒީނާ

  އިސްލާމް ދީނު ވަރައް ސާފުކޮއް އޮތީ، މަރައް މަރު، ދިވެހިރާއްޖޭގަ މަރައް މަރު ، ވަރައްސާފު،

 5. ޢަލީ

  މަރުގެ އަދަބުވީމަ ލާއިންސާނީ. ގައުމުތަކަށްއަރާ މަތިންދާބޯޓުންނާއި ޑްރޯނުންނާއި ބަޑިން ހަމަލާދީ ކުށެއްނެތް މީހުންނާއި ކުޑަކުދިން މިލިއަނުން މަރާއިރު އޯކޭ. އިންސާނީ ޙައްޤު ވީތަނެއް ނުވެސް އެނގޭ. މިހިރީ މިމީހުންގެ އިންސާފު ީހުންނަގޮތް . މިއީހަމަސީދާާއިސްލާމްދީނާާދެކޮޅަށްްއެމީހުން ކުރާ ހަނގުރާމަ.

  • އިލްކްސަ

   މަރުގެ އަދަބު ނައްތާލަން އެމީހުން އެވަރުން އެއުޅެނީ ތިހެންވެގެންނޭ. އެމީހުން މީހުންތައް މަރަމުންގޮސް އެއިން މީހަކު ހައްޔަރުކުރިޔަސް މަރުގެ ހުކުމް ކުރާނެ ގައުމެއް ދުނިޔޭގައި ނޯންނާނެ. ދެން ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމްގެ ދަށުން ދުވަސްކޮޅަކުން އެމީހުންގެ ގައުމަށް އެނބުރިދެވޭނެ.

  • ގަމާރުމޯލްޑިވިއަންމ

   އިސްލާމް ދީނަ ދެކޮޅަސޭ

  • Anonymous

   ޑްރޯން ހަމަލާ ހަމަ ބަރާބަރު. ތިކަހަލަ ޓެރަރިސްޓުން މައިތިރިވާނީ އެހެން ހަދައިގެން

   • ކިޔާ

    އެނޮނީ.... ތިިބާ ތިސިފަކުރާ ޓެރަރިސްޓުން މީން ކޮށްލަދީބަލަ ޕްލީޒް.

 6. އަޙްމަދް

  އެމެރިކާއެއް ކަމަކު ވިޮޝިންޓަނެއް ކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ހަމަބުއްދި ފިލާގޮސް މޮޔަވީމަ ތިކަހަލަ
  ތާކުން ތާކު ނުޖެހޭ ޙުކުމްވެސް ކުރާނެ.
  އަހަރުމެން ހައިރާނެއް ނުވޭ.

 7. ބޮކި

  މޮޔަ ނުގޮވަބަލަ ދޯ... ކުށެއްނެތް އެތައް މިލިއަން ބަޔަކު ގަތުލުކޮށް ބޮންާއަޅައިަމެރުންާ ލާއިންސާނީ އަމަލަކަށްނުވާއިރު އަމުދަކުން ތިކަން ވާކަށެއް ނުޖެހޭ..

 8. އަބްދުއްލާ

  މީހަކު މަރައިފިނަމަ މަރުވިމީހާގެ ގިސާސް ހިފެވުމަށް ޓަކާ މަރަށް މަރު ފިފެވެންޖެހޭނެ މަރުވިމާހާ އަށް އިންސާނީ ހައްގު ނެތީގޯ ސުވާލުކޮށްލަންޖެހޭނެ. މީހަކު މެރިމީހާ ދުނިޔޭގަ ބެހެއްޓުމަކީވެސް ލާއިންސާނީ އަމަލެއްނޫންބާ ؟ އިންސާނިއްޔަތަށް ގެއްލުންދޭ މީހަކީ ލާއިންސާނީ އަމަލު ހިންގާމީހަކަށް ނުވާނަމަ .އަދުލު އިންސާފު ކޮބާ ؟

 9. ހިޕް

  ޔޫއެސްއޭގަ އޮވޭ 50 ސްޓޭޓް..20 ސްޓޭޓްގަ މަނާ ކުރިއަސް ބާކީ ހުރި ސްޓޭޓް ތަކުގަ މަރަށް މަރު ހިފާ