ޕާކިސްތާނުގެ ކަސޫރު ސިޓީއަށް ނިސްބަތްތާ އުމުރުން ހަތް އަހަރުގެ ޒައިނަބް އަންސާރީ ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލި އިމްރާން އަލީ، އަންނަ ހަފްތާ ތެރޭގައި ދަންޖައްސާ މަރާލުމަށް ތައްޔާރުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ އިމްރާނުގެ މައްސަލަ ބަލަމުން ދިޔައީ، ސްޕެޝަލް އެންޓި ޓެރަރިޒަމް ކޯޓުންނެވެ. އެ ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމެއްގަައި މި މަހުގެ 17 ވަނަ ދުވަހު އޭނާ ދަންޖައްސާ މަރާލާނެ ކަމަށް ވަނީ ބުނެފައެވެ.

މި އަހަރުގެ ޖެނުއަރީގެ މަހުގެ ހަތަރު ވަނަ ދުވަހު ކަސޫރުގައި ހުންނަ ޒައިނަބުގެ އާއިލާ މީހެއްގެ ގެއިން، ޒައިނަބު ގެންގޮސް ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނީ ކުނިގޮނޑަކުންނެވެ. އެ މައްސަލައިގެ އިމްރާންގެ މައްޗަށް ސާބިތުވީ ޑީއެންއޭ ދިމާވުމާއި ގުޅިގެންނެވެ. އެ މައްސަލާގައި އިމްރާން ހައްޔަރުކޮށް އޭނާއާ ސުވާލު ކުރަން ފެށުމުން ފަހުން ވަނީ އެކަމަށް އެއްބަސްވެސް ވެފައެވެ.

އިމްރާނަކީ އެހެން ކުދިންތަކަކަށް ޖިންސީ ގޯނާކޮށް މަރާލާފައިވާ މީހެއްކަން މި ތަހުޤީޤަށް ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ޒައިނަބްގެ އިތުރުން، އަށް އަހަރުގެ އެހެން ކުއްޖަކާއި، އަދި އިތުރު ދެ ކުދިންވެސް ހިމެނޭކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޒައިނަބް ރަހީނުކޮށްގެން ގެންގޮސް ރޭޕްކޮށް މަރާލިއިރު، އޭނާގެ މައިން ބަފައިން ތިބީ އުމްރާގެ އަޅުކަމަށް މައްކާގައެވެ. ޒައިނަބްގެ މަރާއި ގުޅިގެން އެ ދުވަސްވަރު ޕާކިސްތާނުގައި ހަމަނެޖެހުންތަކެއްވެސް ހިނގިއެވެ. އަދި ޒައިނަބުއަށް އިންސާފު ހޯދައިދިނުމަށް އެދި އެތައް ބަޔަކު ދިޔައީ އަޑު އުފުލަމުންނެވެ.

ޕާކިސްތާނުގައި ފަހަކަށް އައިސް ރޭޕް ކުރުން ވަނީ އާންމުވެފައެވެ. އެގޮތުން ފާއިތުވީ ދެއަހަރުގެ ތެރޭގައި ކަސޫރު އަވަށުގައި ކުޑަކުދިން ރޭޕްކޮށް މަރާލުމުގެ އިތުރު ހާދިސާތަކެއްވެސް ދާދިފަހުން ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބާރީ

  ރޭޕިސްޓު އިންޑިއާ ކައިރިން ދަސްކުރީ ދޯ

  • ބޮޑު ހަސަންބެ

   އަހިވަކާ އަހިވަކެއް ޖެހި ފާވީ

 2. Anonymous

  ކޮބާ އެމްނެސްޓީ ؟ މިކަލޭގެ ދިފާކުރާކަށް ނުގޮވާނަންތަ؟

 3. އަހުމަދު

  އަލްހަމްދުލިﷲ

 4. ކަމާލު.

  "ޕާކިސްތާނުގައި ފަހަކަށް އައިސް ރޭޕް ކުރުން ވަނީ އާންމުވެފައެވެ." މި ޢިބާރާތަށް ބާރުލިބޭ އެއްވެސް ޤަރީނާއެއް އެބައޮތްތޯ؟

  • ދިރާސާ

   ގަރީނާއެއް ނެތަސް އެ ޤައުމުގަ ކުޑަކުދިން ރޭޕް ކުރާކަން ޚަބަރުތަކުން ވަރަށް ސާފުކޮށް އިނގެން އެބައޮތް. ފާއިތުވި ދުވަސްތަކުގެ ޚަބަރުތައް ބަލާލުމުން ހެއްކަކަށް ފުދޭނެ.

  • ޕީޖޭ

   ރޭޕްކުރުމުގެ ކޭސް ހުށަހެޅުނު އަދަދު ފާއިތުވި އަހަރުތަކާއިއެކު ލިޔެފަ ދެން ބުނެވޭނެ އިތުރު ވިއާ އަދި މަދީއާ މަދޭ...