އެމެރިކާއަށް އެރި ބާރުގަދަ ތޫފާން، ތޫފާން މައިކަލްގައި މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް ރިކޯޑް ކުރެވިއްޖެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތޫފާން މައިކަލްގައި ގިނަ ބަޔަކަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް މަރުވެފައިވީކަން ޔަގީންވެފައިވަނީ 11 މީހުންނެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ތޫފާން މައިކަލްގެ ސަބަބުން ޖެހެމުން އައި ވައި މިހާރު މައިތިރިވެފައިވީ ނަމަވެސް ކުއްލިއަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ސަލާމަތީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އެޤައުމުގައި ދިރިއުޅޭ ފަރާތްތަކަށްވަނީ ގޮވާލާފައެވެ.

ކެޓެގަރީ 4 ގެ މިތޫފާން ފުރަތަމަ އަރާފައިވަނީ އެމެރިކާގެ ފްލޮރިޑާއަށެވެ. އަދި ތޫފާން ފްލޮރިޑާއިން ހުޅަނގަށް ގޮސް ގޯޖިޔާގެ ބައެއް ސަރަހައްދުތަކަށް އަރާފައިވެއެވެ. އަދި ވާޖިނާ ސްޓޭޓް އާ ހަމައަށް ތޫފާނުގެ އަސަރުވަނީކޮށްފައެވެ. މިހާރު ތޫފާން އޮތީ އެމެރިކާއާ ތަންކޮޅެއް ދުރު ކަނޑުގެ ހިސާބެއްގައެވެ.

މި ތޫފާންގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާލަން އަންނަ އާދީއްތަ ނުވަތަ ހޯމަ ދުވަހު އެމެރިކާގެ ހުޅަނގަށް ދަތުރު ކުރާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.