މިދިޔަ ބުރާސްފަތި ދުވަހު އިންޑޮނޭޝިއާގެ ޖަވާ އާއި ބާލީއަށް އައި ބާރުގަދަ ބިންހެލުމުގައި ތިން މީހުން މަރުވެއްޖެއެވެ.

މެގްނެޓިއުޓް 6.0 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ތިން މީހުން މަރުވީ ވެސް ޖާވާގައި ވެއްޓުނު ގެތަކުގެ ދަށުގައި ތާށިވެގެންނެވެ.

ބިންހެލުމާއި ގުޅިގެން ސުނާމީ އެއް ނުއުފެދުނު ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އަހަރީ ޖަލްސާ ގައި ބައިވެރިވުމަށް ބާލީއަށް ދިޔަ ވަފުދު ތިބި ހޮޓަލަށް ވަނީ ބިންހެލުމުގެ ލޮޅުމުގެ އަސަރު ކޮއްފައެވެ.

ބިންލެމުގެ އަސަރު 30 ސިކުންތަށް ކުރި އިރު މިދިޔަ މަހުގެ 28 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ރަށެއް ކަމަށްވާ ސުލަވެސީގެ މެދުތެރެއަށް ފުލުފުލުން އައި ބިންހެލުންތަކާއި، ފުރަތަމަ އައި ބިންހެލުމާ ގުޅިގެން އެރި ސުނާމީގައި އެތަށް ބަޔަކު ވަނީ މަރުވެފައެވެ.

ރެކްޓަރ މިންގަޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމާއިއެކު އުފެދުނު ސުނާމީގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް މަރުވެފައިވާ އެތައް ބަޔަކު ތިބޭނެ ކަމަށް ލަފާކުރެވޭ އިރު ބިންހެލުމާއި ސުނާމާއީއާއި ގުޅިގެން މަރުވި މީހުންގެ އަދަދު 2000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ސީރިއަސް އަނިޔާ ލިބިފައިވާ މީހުންގެ އަދަދު 5000 އަށްވުރެ މައްޗަށް އަރައެވެ.

ބިންހެލުމާއި ސުނާމީގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ވެސް ދޮޅުލައްކަ އަށް ވުރެ ގިނައެވެ. ބިންހެމާއި ސުނާމީގެ ސަބަބުން އިންޑޮނޭޝިޔާގެ ޕާލޫ ގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ލިބުމުގައި ވަނީ ދަތި ތަކާއި ކުރިމަތިވެފައެވެ. އެޤައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ސުނާމީއަށްފަހު ރަށުތެރޭގައި ލޫޓްވުންވަނީ އާއްމުވެފައެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.