ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލީ ސައުދީ އަރަބިއްޔާ އިންކަން ސާބިތުވެއްޖެނަމަ އެގައުމަށް ހަރުކަށި އަދަބު ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައި ހާޝޮގްޖީ މަޝްހޫރުވެފައިވާއިރު، އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވަނީ މި މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތް ފަހުންނެވެ. ސައުދީ އަށް އުފަން ހާޝޮގްޖީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ ރައްޔިތަކާއި ކައިވެނި ކުރަން ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ.
ހާޝޮގްޖީ ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކޮންސިއުލޭޓުގެ ތެރޭގައި ސައުދީގެ 15 މީހުންގެ ޓީމަކުން ވެގެން އޭނާ މަރާލާފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް މި ވާހަކަތަކައް ސައުދީން އަންނަނީ ދޮގުކުރަމުންނެވެ. ސައުދީން ބުނާގޮތުން ކޮންސިއުލޭޓަށް އައުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ހާޝޮގްޖީ ވަނީ އެތަނުން ގޮސްފައެވެ.
ނޫސްވެރިޔާގެ މައްސަލައިގައި ސައުދީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ މި މައްސަލައިގެ ހަގީގަތް ހޯދުމަށް އެންމެ އަޑިއަށް ފީނާނެ ކަމަށާއި ނޫސްވެރިޔާ މަރާލަން ސައުދީ ސަރުކާރުން އަމުރުކޮށްފައިވާނަމަ އެގައުމާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އަޅާނެ ފިޔަވަޅެއް ޓްރަމްޕް ހާމަކޮށްފައެއް ނުވެއެވެ.
"ސައުދީން އަންނަނީ މިކަން ދޮގުކުރެވޭނެ ހުރިހާ ގޮތަކަށް ދޮގުކުރަމުން. ދުރު ނޫން މުސްތަގުބަލެއްގައި މިކަމާ ގުޅޭ ޖަވާބެއް ލިބޭނެ ކަމަށް ބެލެވޭ" ޓްރަމްޕް ބުންޏެވެ.
ނޫސްވެރިޔާ އަށް ވީގޮތް ސައުދީން ހާމަކުރަންދެން ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ސައުދީ އަރަބިއްޔާއާ އެކު އެމެރިކާ އިން ވެފައިވާ 110 ބިލިއަން ޑޮލަރުގެ އެއްބަސްވުން އުވާލުމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
ކޮންސިއުލޭޓުގެ ތެރޭގައި ނޫސްވެރިޔާ މަރާލާފައިވާ ކަމުގެ ތުހުމަތު ކުރެވެމުންދާއިރު ތުރުކީން އަންނަނީ އެކަމާ ގުޅުންހުރި އޯޑިއޯ އަދި ވީޑިއޯ ހެކި ލިބިފައިވާ ކަމަށްވެސް ބުނަމުންނެވެ.
މުސްލިމުންނާ ނުކުޅެއްޗޭ!
ކަލޯ ސައުދީއައް ފިޔަވަޅު އެޅީމަ ގެއްލުންވާނީ އެމެރިކާޔައް، އޭރުން ބިލިޔަނުން މެދުއިރުމަތިން އެކިނަންނަމުގަ ނަގަމުން އަންނަލާރިތައް އެތައްގުނަ ޔަކުންމަދުވާނެ އޭރުން އެމެރިިކާގެ އިގްތިސޯދައް އަސަރުކުރާނެ. މިހާރު އީރާނާ ޖެހިގަނެގެންވެސް ތިއުޅެނީ އީރާނުން އެމެރިކާ އަދި އިޒްރޭލުން ހަތިޔާރުނުގަނެ ރަސިޔާއިން ހަތިޔާރު ގަންނާތީ. އެމެރިކާ އަކީ ހަތިޔާރު ވިއްކައިގެން ދިރިއުޅޭބަޔެއް. ދުނިޔާގަ ހަންގުރާމަތައް ހުއްޓިއްޖެޔާ އެމެރިކާ އިޒްރޭލް ޢީޔޫ ބަނޑައްޖެހޭނެ.
ދެން އެމެރިކާއިން މުސްލިމް ގައުމުތަކަށް އަރާ މެރި މީހުން ކޮބާ؟؟
ޖަމާލް ޙާޝޮގްޖީ އަކީ ނޫސްވެރިއް ނޫން!
އެކަމަކު ހަސަދަ ވެރި ފަސާދު ކުރުމުގެ ވެރިއެކެވެ!
ވެރީންގެ އަތުގައިވާ ތަނަވަސްކަމަށް ދަހިވެތި ވެފައިވާ މުޑުދާރު ޙަވާރިޖީ އެކެވެ.
ކޮބާ ހެކި؟
އެމެރިކާއިން ސަޢުދީއަށް ހަތިޔާރު ނުވިއްކާނަމަ، ގެއްލުން ވާނީ ހަމަ އެމެރިކާއަށް، ދުނިޔޭގައި ހަތިޔާރު ހަދަނީ ހަމައެކަނި އެމެރިކާއަކުންނޫން.
މި ވާނީ ރާފިޟީ ދައުލަތަށް ބައިއަތު ހިފައިގެން އުޅޭ އިޚްވާނީ ގަތަރާ ތުރުކީ ގުޅިގެން ސައޫދީ އަށް ދެކޮޅަށް ރޭވި މަކަރަކަށް. ސައުދީއަކާ ނުކުޅެވޭނެ ﷲ ގެ އިރާދަފުޅުން، އެތަނުގެ އެތެރެ އާ ބޭރުން ކާފަރުންނާ މުނާފިޤުންތައް ހަމަ ރެޔާދުވާލު މަސައްކަތް ކުރަނީ